ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސީއެސްސީގެ ނައިބު ރައީސް ކަމަށް މުޖުތާޒް އައްޔަންކުރަން ރުހުން ހޯދަނީ

987667

ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސަކަށް އެ ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވުނު މެންބަރު، މއ. ސިގްމާ އަލްއުސްތާޛު މުޙައްމަދު މުޖްތާޒަށް ރުހުން ހޯދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މުޖްތާޒް، ސީއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރައްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ސީއެސްސީގެ ނައިބު ރައީސްގެ މަޤާމު ހުސްވެފައި މިވަނީ އެ މަޤާމުގައި ހުންނެވި އިބްރާހީމް ރަޝީދު، އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަލްއުސްތާޛު މުޙައްމަދު މުޖްތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އަދި މުޖްތާޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަޤާމުތައް ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު