ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަމްއާން ފްރޭމްކުރީކީ ނޫން، ސާބިތު ހެކި އެބަހުރި: އިހުސާން

Gpmbasya4aabnbl
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ — ފޮޓޯ: މަޖިލިސް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު، ބަންދުގައި ހުރީ އެ މައްސަލައިގައި ފުލުހުން ބެލި ބެލުމުން ސާބިތު ހެކި ފެނިގެން ކަމަށާއި އޭނާ ފްރޭމް ކުރީކީ ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިހުސާން އެހެން ވިދާޅުވެފައިވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި ކަމަށްބުނެ ޝަމްއާން ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ތުހުމަތުކޮށްފައިވަނިކޮށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަރުކާރުން އެއްވެސް މީހަކު ފްރޭމް ނުކުރާނެ ކަމަށާއި ފުލުހުން ހިންގާ ތަހުގީގުގައި ތަފާތު ކުރުން ނުގެންގުޅޭނެ ކަމަށެވެ. އަދި ޝަމްއާންގެ މައްސަލައިގައި ކަންކަން ގޮސްފައިވާ ގޮތް ކަށަވަރުކުރައްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

“އަޅުގަނޑު ބަލައިފިން އަޅުގަނޑަށް ކަށަވަރުވޭ އެ މައްސަލައިގައި ފްރޭމްކޮށްފައި ނެތްކަން. އަޅުގަނޑަށް ކަށަވަރުވޭ އެ މައްސަލައިގައި މިހާރު ހައްޔަރުގައި އޮތް ބޭފުޅާ އެ އޮތީ އެ މައްސަލައިގައި ފުލުހުން ބެލިބެލުމުން ސާބިތު ހެކި ފެނިގެންކަން،” މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ޝަމްއާންގެ މައްސަލައިގައި ހޯދިފައިވާ ހެކިތަކުގެ ތަފްސީލީ މައުލޫމާތު ފުލުހުންގެ ފަރާތުން މާދަމާ ހިއްސާކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި