ކުއްލި ޚަބަރު

މޫސުން ރަނގަޅުވަންދެން މޫދު ކުޅިވަރުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފުލުހުން އިލްތިމާސްކޮށްފި

ފެނަކަ ސައީދުގެ މައްޗަށް އިތުރު ދައުވާއެއް އުފުލައިފި

ފިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ

ހަނގުރާމަ ކާމިޔާބުކުރުމުގެ ގާބިލްކަމެއް ނަތަންޔާހޫގެ ސަރުކާރުގައި ނެތް: ދެން ދައްކާނެ ބަހަނާއެއްވެސް ނެތް: އިސްރާއީލުގެ އިދިކޮޅު ލީޑަރު

ޣައްޒާ ހަނގުރާމަ ކާމިޔާބު ކުރުމުގެ ގާބިލްކަމެއް، ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގައި ނެތްކަމަށް، އިސްރާއީލުގެ އެންމެބޮޑު އިދިކޮޅު ލީޑަރު ޔައިރް ލެޕިޑް ބުނެފިއެވެ. އެކްސްގައި ޕޯސްޓްކުރި މެސެޖެއްގައި ލެޕިޑް ވަނީ، ޣައްޒާ ހަނގުރާމައިގެ ކަންކަން ނަތަންޔާހޫގެ ސަރުކާރުން ކުރިއަށް ގެންދާގޮތް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. ޔައިރް ލެޕިޑް ބުނީ، މިހާރު ދެން އެންމެންވެސް ހަގީގަތް ގަބޫލުކުރަން ވެއްޖެ ކަމަށާއި، ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ކުރުމުގެ އެއްވެސް ގާބިލްކަމެއް ނަތަންޔާހޫގެ ސަރުކާރުގައި ނެތް ކަމަށެވެ.

އޭނާ ބުނީ، އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއި އަދި އިސްރާއީލުގެ އިދިކޮޅު ފަރާތްތަކުގެ ފުރިހަމަ އެހީތެރިކަން ލިބިގެން އިސްރާއީލުން މި ހަނގުރާމަ ކުރާތާ ދޮޅު އަހަރު ވެއްޖެ ކަމަށެވެ. އެހެންކަމުން، ނަތަންޔާހޫއާއި އޭނާގެ ސަރުކާރަށް ދެން ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތް ކަމަށް ޔައިރް ލެޕިޑް ބުނެފައި ވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ޣައްޒާއަށް ވައިގެމަގުން ވަރުގަދަ ހަމަލާތަކެއް ދޭންފަށައި، އަދި އޭގެ ހަފްތާއެއްފަހުން އެއްގަމުމަގުން ޣައްޒާއަށް އަރައިގަތީ ހަމާސްގެ ދުވަސް ދުއްވާލާފައިނޫނީ ނުފައިބާނޭ ކަމަށް ބުނަމުންނެވެ.

ނަމަވެސް، މިއަދާ ހަމައަށް ހަމާސް ނައްތާލެވިފައެއް ނުވެއެވެ. ހަމާސްގެ ހަމަލާތައްވެސް ހުއްޓުވިފައެއް ނުވެއެވެ. ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ހަމާސްގެ މުޖާހިދުން އާންމުންގެ ތެރެއަށް ނުކުމެ ފެނުނީ އިހުނަށް ވުރެންވެސް ބަދަހިކޮށް ވަރުގަދަކޮށް ތިއްބައެވެ. ޣައްޒާގެ އާންމުންގެ ލޯބި އޮހެމުންދިޔަ މަންޒަރެވެ. މިކަން ވެގެންދިޔައީ އިސްރާއީލާއި އެމެރިކާވެސް ވަރަށް ރުޅިއައި ކަމަކަށެވެ. ހަމަލާ ދީގެން ހަމާސް ބަލި ނުކުރެވުމުން، މިދިޔަ މާޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާއަށް އިންސާނީ އެއްވެސް އެހީއެއް އެތެރެކުރިޔަނުދީ ހުއްޓުވާފައެވެ.

ބޭހާއި، ކާބޯތަކެއްޗާއި، ބޯފެނާއި، ޟަރޫރީ އެއްވެސް އެއްޗެއް އެތެރެ ކުރިޔަނުދީ ހުއްޓުވާފައި ވާއިރު، ބައެއް ހިސާބުތަކަށް ލިބެމުން ދިޔަ ފެނުގެ ޚިދުމަތްތަކާއި، ކަރަންޓުގެ ޚިދުމަތްވެސް ފަހުން ވަނީ ކަނޑާލާފައެވެ. އަދި ނުވިތާކަށް، މާޗްމަހުގެ 18 ވަނަ ދުވަހުންފެށިގެން ހަމަލާތައް އަލުން ފަށައި، އިސްރާއީލު ސިފައިންގެ މައިގަނޑު އަމާޒަކަށް ހަދާފައިވަނީ، ވީހާވެސް ގިނަ އާންމުން މަރައި، މުޅި ޣައްޒާ ހަލާކުކޮށްލުމަށެވެ. ވަޔާއި، އެއްގަމުމަގުން ހަމަލާދީ މުޅިންވެސް ޝަހީދުކުރަމުން ގެންދަނީ ކުޑަކުދިންނާއި، އަންހެނުންނެވެ. ޣައްޒާގެ އެއްވެސް ހިސާބެއްގައި މިހާރު އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތެވެ.

މި ހުރިހާ އުދުވާނަކާއި، ހަނގުރާމައިގެ ޖަރީމާތަކެއް އިސްރާއީލުން ހިންގަމުންގެންދަނީ، ހަމާސްއަށް ޕްރެޝަރ ބޮޑުކޮށް، ހަމާސްއިން އަމާންދޭނެ ކަމަށް ހިތައެވެ.
ޣައްޒާއިން ކާބޯތަކެތި ހުސްވެ، މިހާރުވެސް ބަނޑުހައިހޫނުކަން އާންމުވެފައިވާއިރު، 2.2 މިލިއަން މީހުން ބަނޑަށް މަރުވާތަން ބަލަން ދުނިޔެ ނޯންނާނެކަން އެނގޭތީ، ޣައްޒާއަށް އިންސާނީ އެހީތެރިކަން އެތެރެކުރުމާ ގުޅޭގޮތުން މަޝްވަރާކުރަން ނަތަންޔާހޫގެ ކެބިނެޓު މިއަދު ބައްދަލުވެސް ކޮށްފައި ވެއެވެ.ނަމަވެސް، ހަރުކަށި ފިނޭންސް މިނިސްޓަރާއި، ޑިފެންސް މިނިސްޓަރާއި، ސިފައިންގެ ވެރިޔާއާއި، އެތެރޭގެ ޖާސޫސީ އިދާރާގެ ވެރިޔާއާ ދެމެދު ޒުވާބު ހޫނުވެ، ގަޔަށް އަތްލާ ހިސާބަށް ދިއުމުން ކެބިނެޓް ބައްދަލުވުން ޖެހުނީ ނިންމާލާށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަބޫ އުބައިދާ
ﷲގެވާގިފުޅާއެކު ފަލަސްތީނު މިނިވަން ކުރާނަން
އ އިދުރީސް
ފަލަސްތީނުގެ މުޖާހިދުންނަށް ސާބަސް ސާބަސް!
އ އަހުމަދު
އަހަރަމެންގެ ހިއްވަރު އެބަހުރި، އެކަން އެމީހުންނަށް ފެންނަމުން މިދަނީ، ޔަހޫދީންގެ ނިކަމެތިވަމުން ދާނީ
ފ ފާއިޒް
ތިޔައީ އަހަރަމެންގެ އަބަދުގެ ދުއާއަކީވެސް ،
ނ ނާސިރު
ކިތައްމެ ހަގުރާމައެއް ކުރިޔަސް ތިކަމެއްނުވާނެ، އެމީހުން ޖެހޭނީ ފައިބަން، ފަލަސްތީން މިނިވަން ކުރަން، އެކަން ސާބިތުވަމުން މިދަނީ .

ގުޅުންހުރި

ކުޅުދުއްފުށީގައި އެމްޑީޕީން ޖަލްސާ ބާއްވަން ނިންމީ މާލެއިން ނުކުންނާނެ ބަޔަކު ނުވެގެން: ޝުޖާއު

އައިއެސްއޭ އެކެޑަމީ އަތުން ދިވެހި ޒުވާން ގައުމީ ޓީމަށް ފަސޭހަ މޮޅެއް

މޫސުން ރަނގަޅުވަންދެން މޫދު ކުޅިވަރުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފުލުހުން އިލްތިމާސްކޮށްފި

ފޮރެންސިކް ޑައިވިންގ ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފި

ELL Mobile Advertisement TTH_advertisement