ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ އަތޮޅެއްގެ ހޮސްޕިޓަލް އާ އިމާރާތް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ދެ އަތޮޅެއްގެ ހޮސްޕިޓަލްތަކުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ،

ހެލްތު މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ގދ. ތިނަދޫ ސިޓީގައި ހިންގާ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތްތައް އެޅުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ޤާސިމެވެ.

ތިނަދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 147 މިލިއަން ރުފިޔާއަށް، 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަދި އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 161 މިލިއަން ރުފިޔާއަށް، ހަމަ އެ މުއްދަތުގައި ނިންމުމަށެވެ.

ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދެ ހޮސްޕިޓަލްގެ އާ އިމާރާތްތައް ނިމި ބޭނުންކުރަން ފެށުމުން، ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކެއް މި ދެ ހޮސްޕިޓަލުން ވެސް ލިބެން ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ

Oo

ކާރުތައް ރާއްޖެ ގެންނަން ފަށައިފި، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަހު ފަށަނީ