ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާގެ އަވަށަކަށް ދިން ނިރުބަވެރި ޙަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސްގެ ތަޢުޒިޔާ

އިންޑިޔާގެ ޕަހަލްގަމް އަވަށަށް ނިރުބަވެރި ޖަމާޢަތަކުން ދިން އަނިޔާވެރި ޙަމަލާގައި ޝަހީދުވި ފަރާތްތަކުގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފާޅުކުރައްވައިފިއެވެ.

އިޖްތިމާޢީ ވިއުގަތަކުގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ޕަހަލްގަމް އަވަށަށް އަމާޒުކޮށް ދެވުނު ނިރުބަވެރި ޙަމަލާގައި ގިނަ ބަޔަކު ޝަހީދުވެ، އަނެއްބައި މީހުން ޒަޚަމްވި ޚަބަރު ލިބިވަޑައިގަތީ ވަރަށް ބޮޑު ހިތާމައަކާއި ކުއްލި ސިހުމަކާއެކުގައި ކަމަށެވެ. އަދި ދިވެހި ދައުލަތުން އަބަދުވެސް ދެމިހުންނާނީ ނިރުބަވެރިކަމާއި އެފަދަ އެންމެހައި ޢަމަލުތަކާ ދެކޮޅަށް ކަމަށް ރައީސް އިތުރަށް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޕަހަލްގަމުގައި ހިންގުނު މި ޙަމަލާގައި ޝަހީދުވި ފަރާތްތަކުގެ ޢާއިލާތަކަށް އަދި އިންޑިޔާ ސަރުކާރަށް ފުން ހަމްދަރުދީ ފާޅުކުރައްވާފައެވެ.

ޕަހަލްގަމްއަށް ނިރުބަވެރި ޖަމާޢަތަކުން ޙަމަލާދީފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ޙަމަލާގައި ޕަހަލްގަމްއަށް ޒިޔާރަތްކުރި 28 ފަތުރުވެރިއަކު ޝަހީދުކޮށްލާފައިވާއިރު، 20 މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.

މި ޙަމަލާގެ ޒިންމާ ޕާކިސްތާނުގެ ނިރުބަވެރި ޖަމާޢަތެއްކަމަށްވާ ދި ރެސިސްޓެންސް ފްރޮންޓުން ވަނީ ނަގާފައެވެ. އިންޑިޔާގެ ޤައުމީ ސަލާމަތީ ބާރުތަކުން ދަނީ މި ޙަމަލާގެ ފަހަތުގައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.”

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުދިއްލީގެ މަސް މާރުކޭޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ، ސަރުކާރުގެ ބަހެއް އަދިނެތް

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް