ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒުވާނުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވާނަން: ރައީސް

ރާއްޖޭގެ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ޒުވާނުންނަށް އަމާޒުކޮށްގެން މީސްމީޑިއާގައި ފޮނުވުނު “ސްޕޮޓް އޮން” ޕޮޑްކާސްޓްގެ ފުރަތަމަ ބައިގައެވެ.

ރައީސް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމަކީ ހަމައެކަނި ޒުވާނުންނަށް ނޫނީ ވަކި އުމުރުފުރައަކަށް ޚާއްޞަ ކަމެއް ނޫނެވެ. އެހެންނަމަވެސް، މިހާރު ރޭވިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ޒުވާނުންނަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ. މީގެ ތެރޭގައި މަޝްރޫޢުތައް ފެށުމާއެކު ކައިވެނިނުކުރާ ޒުވާނުންނާއި އަލަތު ކައިވެނިކުރާ ފަރާތްތަކަށް ޚާއްޞަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އިތުރަށް، ރައީސް އިސްކަންދެއްވާ ކަމެއްގެ ގޮތުގައި ޒުވާނުންގެ އަޑުއެހުން ފާހަގަކުރެއްވިއެވެ. “ދެނޯ” ޕޮޑްކާސްޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން، ޒުވާނުންގެ އަޑުއެހުމަކީ ހަމައެކަނި ބޭރުފުށުން ދައްކާ ކަމެއް ނޫންކަމަށާއި، ސަރުކާރުންނާއި އަމިއްލަ ވިޔަފާރިތަކުން ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް