ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ ތަޞައްވުރު: ޒުވާނުންގެ ޙަރަކާތްތެރި ބައިވެރިވުމާއެކު ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިއެރުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އެމަނިކުފާނުގެ ދުރު ރާސްތާގެ ތަޞައްވުރު ކަމުގައި ވިދާޅުވެފައެވެ.

މި ބަސްފުޅުތައް ރައީސުލްޖުމްހޫރިއްޔާ ދެއްކެވީ، ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން މީސް މީޑިއާގައި ފަށާފައިވާ “ސްޕޮޓް އޮން” ނަމަކަށް ކިޔާ ސިލްސިލާ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕޮޑްކާސްޓްގައި ޒުވާނުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ކުރެވުނެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާން ޖީލަށް އުއްމީދު އާކޮށްދޭ ގިނަ ވާހަކަފުޅުތަކެއް ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ޒުވާނުންނަށްޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުއްމީދަކީ، ޑިޖިޓަލް އިޤްތިޞާދެއްގެ ގޮތުގައި ރާއްޖެ ކުރިއަރަމުންދާއިރު، އެކަމުގައި ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ދައުރު އޮތުމެވެ. އަދި މިހާރުވެސް ޒުވާނުން އެ ދާއިރާގައި އަދާކުރާ ދައުރު ބޮޑުކަމަށާއި، ނަމަވެސް ހުރިހާ ގޮތަކުންވެސް މިކަމުގެ އެންމެ ކުރީ ސަފުގައި ޒުވާނުން ތިބުމަކީ އެމަނިކުފާނުގެ އެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ކުރިއަރަމުންދާއިރު، ކޮންމެ ދިވެހި ޒުވާނަކީ، ދިވެހިވަންތަ، ފަޚުރުވެރި، އަދި އިސްލާމްދީނަށް ލޯބިކުރާ މީހެއްގެ ގޮތުގައި ކުރިއެރުމަރުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

“ސްޕޮޓް އޮން” ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުގެ ފަރާތުން ޒުވާނުން އެންމެ އުއްމީދުކުރާ ކަމަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި ޒުވާނުން ފާހަގަކުރެއްވި ކަންކަމަށް، އެ މަނިކުފާނުގެ ސަރުކާރުން ހޯއްދަވައިދެއްވާ ޙައްލުތަކުގެ ވާހަކަ، އެ މަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަކީ ހަމައެކަނި ދެއްކުންތެރިކަމުގެ ނިޔަތުގައި އެއްޗެއް ވިދާޅުވާނެ ބޭފުޅެއް ނޫންކަމަށެވެ. އަދި ޒުވާނުންނަށް ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި ކަންކަން ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

“ސްޕޮޓް އޮން” ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި، ޒުވާނުންގެ ފަރާތުން 5 ސުވާލެއް ރައީސުލްޖުމްހޫރިއްޔާއާ ވަނީ ދަންނަވާފައެވެ. މި ސުވާލުތަކަށް ސާބިތުކަމާއެކު ޖަވާބުދެއްވިއިރު، މިއަދުގެ ޒުވާން ޖީލުގެ ބަސްމަގާއި ވާހަކަދެއްކުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ އަހުލުވެރިވެވަޑައިގެންފައިވާ މިންވަރު ވަޒަންކުރުމުގެ ގޮތުން، ލުއި ސެގްމަންޓްތަކެއްވެސް މި ޕޮޑްކާސްޓުގައި ހިމަނުއްވާފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޒުވާން ދުވަސްވަރުގެ ގިނަ ހަނދާންތަކަކާއި ތަޖުރިބާތަކެއްވެސް މި ޕޮޑްކާސްޓްގައި އެ މަނިކުފާނު ވަނީ ހިއްސާ ކުރައްވާފައެވެ. މި ތަޖުރިބާތަކުގެ ތެރެއިން، އެ މަނިކުފާނުގެ ޒުވާން ދުވަސްވަރު ކުރިމަތިވި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން ނަގާފައިވާ ފިލާވަޅުތައް ޒުވާނުންނާ ހިއްސާކުރެއްވިއެވެ.

ޕޮޑްކާސްޓްގެ ނިމުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންނަށް ޚާއްޞަ މެސެޖެއް ދެއްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ޒުވާނުންނަކީ ޤައުމުގެ މުސްތަޤުބަލް ކަމަށާއި، އެ ބޭފުޅުންގެ ޚިޔާލުތަކާއި ހުނަރު ބޭނުންކޮށްގެން ޤައުމު ތަރައްޤީކުރުމުގައި އިސްދައުރެއް އަދާކުރުމަށް ހިތްވަރުދެއްވިއެވެ. އަދި ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މި މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ޕޮޑްކާސްޓް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންނާ ސީދާ މުޚާޠަބުކޮށް، އެ ބޭފުޅުންގެ ކަންބޮޑުވުންތަކަށް އަޑުއަހައި، އެ ކަންކަމަށް ޙައްލު ހޯދައިދިނުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިއީ ޒުވާނުންނާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ޒުވާނުންގެ އަޑު އިތުރަށް އުފުލުމަށް މަގުފަހިކޮށްދޭނެ ފަދަ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް