ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

Large 172456603054urak
ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި ހަތް މީހުން–

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މަރުތެލޭތަކުން ހަމަލާދިން މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެއެވެ.

އެ މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ރ. އަލިފުށި/ ރިވެލި، މިދުހަތު އާދަމް (24އ)، ލ. ގަން، ތުނޑި/ ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން، މާލޭ/ ދަފްތަރު ނަންބަރު 2247، އަހުމަދު މައިސާން ހާޝިމް (20އ)، ތ. ގާދިއްފުށި/ މުސްތަރީގެ، ޝަމާލް ހުސެން (21އ)، އދ. މާމިގިލި/ ކެމީހިޔާ، ޒަޔާން ނަސީރު (23އ)ގެ އިތުރުން ތ. ދިޔަމިގިލި/ ރުވާ، އަބާން އަބްދުއްހައްނާން (23އ) އަދި ލ. މާމެންދޫ/ މުރިނގު، ރަޖުވާން ލަތީފް (22އ)ގެ މައްޗަށެވެ.

ދައުލަތުން އެ ހުރިހާ މީހުންގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތަކަށް އެ މީހުން ވަނީ އިންކާރުކޮށްފައެވެ.

ދައުލަތުން ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމުގެ ގޮތުން ވަނީ ޝަމީމު ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައެވެ. ޝަމީމަށް ހަމަލާދިން މަންޒަރު ފެނުނު މީހުންނާއި މައްސަލަ ތަހުގީގުކުރި ފުލުހުން ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ. އަދި ވަނީ ފުލުހުން ތައްޔާރުކޮށްފައިވާ ވީޑިއޯ އެނަލިސިސްގެ ވީޑިއޯއެއް ހުށަހަޅައިފައެވެ. އެއީ ދައުވާ ރައްދުވާ ފަރާތްތަކުގެ މަންޒަރުތައް ދައްކުވައިދޭ އެނަލިސިސްއެކެވެ. އޭގެ އިތުރުން ދައުވާ ރައްދުވާ ފަރާތްތަކަކީ ގޭންގަކަށް ނިސްބަތްވާ ބައެެއްކަން ސާބިތުކުރުމުގެ ގޮތުން އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެނަލިސިސް ރިޕޯޓެއް ވެސް ވަނީ ހުށަހަޅައިފައެވެ.

އަދި ވަނީ ފުލުހުންގެ ތެރެއިން ގޭންގު ކުށްތަކުގެ ދެ ތަޖުރިބާކާރު ފުލުހަކު ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މައްސަލައިގެ ރައުޔު އިއްވަމުން ގާޒީ އިބްރާހީމް އިހުސާން ވިދާޅުވީ ދައުވާ ލިބޭ މީހުންނާ ދެކޮޅަށް މައިގަނޑު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ ސީސީޓީވީ ފޫޓޭޖެއް ކަމަށާއި ނަމަވެސް އެއީ ސައްހަ ފޫޓޭޖެއްކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އެގޮތުން ދައުވާ ލިބޭ މީހުން ޝަމީމަށް ހަމަލާދިން ކަމަށް ދައުލަތުން ފާހަގަކުރާ ވަގުތާއި ސީސީޓީވީ ފޫޓޭޖުން ފެންނަން ހުރި ވަގުތު ތަފާތު ކަމަށާއި ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގު ހުރި ސަބަބު ދައުލަތުން ސާފުކޮށްދީފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ހާދިސާ ހިނގި ވަގުތާއި ސީސީޓީވީ ފޫޓޭޖުގައި ހުރި ވަގުތު ދިމާނުވާކަން ތަހުގީގު މަރުހަލާ އަދި ދައުވާކުރުމުގެ މަރުހަލާގައި ދައުލަތަށް ފާހަގަކުރެވުމުންވެސް އެކަން ހިނގައިދިޔަގޮތް ޝަރީއަތަށް ސާފުކޮށްދެވިފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ސީސީޓީވީ ފުޓޭޖުގައި ވަގުތު ތަފާތުވުމުން، އެ ފުޓޭޖުން ފެންނަނީ ދައުވާ ރައްދުވާ މީހުން ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ މި މައްސަލައިގައި އަނިޔާވި ފަރާތަކީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށާއި ޕްރޮސިކިއުޓާ ޖެނެރަލަށް ހަމަލާދިންކަމަށް ތުހުމަތުވާ މީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ އެންމެ މުހިންމު ހެކީގެ ސައްހަކަމާ މެދު ސުވާލު އުފެދުމުން، އެކަމަށް ޖަވާބުދާރީނުވުމަކީ ދައުވާ ސާބިތުނުވާކަން ކަނޑައަޅަންޖެހޭ ސަބަބެއް ކަމަށެވެ.

ގާޒީ ހުކުމްކުރެއްވީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެއްވެސް މީހެއްގެ ސާބިތުވާކަމަށް ކަނޑައަޅަން އެކަށީގެންވާ ހެކި ދައުލަތުން ހުށަހަޅާފައިނުވާތީ ދައުވާ ސާބިތުނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މ. އަތޮޅު މަދަރުސާގެ ކުރީގެ ޓީޗަރެއްގެ މައްޗަށް ދައުވާކޮށްފި

Adheel

ގޭސް މާނުގެ މައްޗަށް ސާބިތު ނުވި ދައުވާތައް އިސްތިއުނާފު ކުރަނީ

Mm

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

criminal court

މާލޭގައި ކެނަބިސް ހައްދައި ޑްރަގް ޓްރެފިކްކުރި މީހަކު 100 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

TTH_advertisement