ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިން ވިއްކާނެކަމަށް ބުނެ ފައިސާނެގި މައްސަލައިގަ އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މުވައްޒަފަކު ބިމެއް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނެގުމުގެ މައްސަލައިގައި ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

އޭސީސީގެ ތަޙްޤީޤަށް ހާމަވެފައިވާ ގޮތުގައި، އެޗްޑީސީގެ އެސްޓޭޓް އޮފިސަރެއްގެ މަޤާމުގައި ކުރިން ހުރި މ. ސީވިންޑް، ފުތިޙަ ޝާކިރު، ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެ ކަމަށް ބުނެ، އެޗްޑީސީގެ ނަމުގައި ޞައްޙަނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، 550,000 ރުފިޔާ ނަގާފައިވެއެވެ.

މި މައްސަލައިގައި ފުތިޙަ ޝާކިރުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދަޢުވާ ކުރުމަށާއި، އޭނާ ނަގާފައިވާ ފައިސާ އަނބުރާ ހޯދުމަށް އޭސީސީން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ.

މި މައްސަލައަކީ، ކުރީގެ ސަރުކާރުގެ ދައުރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. އޭސީސީން މިފަދަ ގިނަ މައްސަލަތައް ތަޙްޤީޤު ކުރަމުންދާއިރު، ބައެއް މައްސަލަތައް ނިންމައި ދަޢުވާ ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް އެޗްޑީސީން ފަށައިފި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

24

އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މީހުންގެ މައްޗަށް ދައުވާ ކޮށްފި

PG Office

ފަހު ދިހައެއްގައިވެސް ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ޚިދުމަތް މެދުނުކެނޑޭނެ