ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމީ ދިފާއީ ބާރަށް އަލަށް ތައާރަފްކުރި ނިޝާން ރައީސް އިފްތިތާޙްކޮށްދެއްވައިފި

ދިވެހި ޤައުމީ ދިފާޢީ ބާރުގެ ޝަރަފުގެ ނިޝާންތަކުގެ ތެރެއަށް އަލަށް އިތުރުކުރެވުނު “ހަށިހެޔޮކަމުގެ ކުލަ” ގެ ނަމުގައި ތަޢާރަފުކުރެވުނު ޝަރަފުގެ ނިޝާން ރަސްމީކޮށް އިފްތިތާޙުކުރައްވައިފިއެވެ. މި ނިޝާން އިފްތިތާޙުކޮށްދެއްވީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

“ހަށިހެޔޮކަމުގެ ކުލަ” އަކީ ސިފައިންގެ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން އެޗީވްމަންޓް އެވޯޑްގެ ގިންތިއަށް އަލަށް އިތުރުކުރެވުނު ނިޝާނެކެވެ. މި ނިޝާނަކީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުތައް އެންމެ މަތީ ފެންވަރެއްގައި ދަމަހައްޓާ ސިފައިންނަށް ދެވޭ ޚާއްޞަ ޝަރަފޝަރަފުގެ ނިޝާނެކެވެ.

މި ނިޝާން ތަޢާރަފުކުރެއްވުމުގެ މަޤްޞަދަކީ ސިފައިންގެ މެދުގައި ހަށިހެޔޮކަން މަތީ ފެންވަރެއްގައި ދެމެހެއްޓުމަށް ހިތްވަރުދިނުމާއި، އެކަމުގައި ސާބިތުކަމާއެކު ދެމިތިބޭ ސިފައިންގެ މަސައްކަތް ފާހަގަކޮށް އެކަށީގެންވާ ގޮތެއްގައި ޝަރަފުވެރިކުރުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ނިންމެވި ނިންމެވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ސަބަބުތައް ރައީސް ސާފުކޮށްދެއްވައިފި

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް

ފޯޅަވަހި “ޑީލު” ދިވެހި ސަރުކާރުން ބަލައިނުގަނޭ