ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ކުޑަކުދިން ބަލަހައްޓާނެ ޚާއްޞާ ތަނެއް ހުޅުވައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގައި ކުޑަކުދިން ބެލެހެއްޓުމަށް ޚާއްޞަކުރެވިފައިވާ “ޗައިލްޑް-ކެއަރ ސްޕޭސް” އެއް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މަސައްކަތުގެ މާޙައުލުގައި މިފަދަ ޚިދުމަތެއް ޤާއިމުކުރުމަކީ މަސައްކަތްކުރާ މައިންބަފައިންނަށް، ޚާއްޞަކޮށް އަންހެން މުވައްޒަފުންނަށް ވަރަށް މުހިންމު އެހީތެރިކަމެކެވެ. މިކަމުގެ ސަބަބުން މުވައްޒަފުންނަށް މަސައްކަތާއި ޢާއިލީ ޒިންމާތަކުގެ ދެމެދު ރަނގަޅު ވަޒަނެއް ހިފެހެއްޓުމަށް މަގުފަހިވެ، އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެއެވެ. އަ އަދި މުވައްޒަފުންނަށް އެމީހުންގެ ދަރިން ރައްކާތެރި މާޙައުލެއްގައި ތިބިކަން އެނގި، މަސައްކަތަށް ފުރިހަމައަށް އަމާޒު ހިފެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ.

މި ޚިދުމަތުގެ ސަބަބުން މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވެ، ޤަވާޢިދުން މަސައްކަތަށް ނުކުތުމަށް ހިތްވަރު ލިބި، މަސައްކަތުގެ މާޙައުލާމެދު ޝައުޤުވެރިކަމާއި ގާތްކަން އުފެދިގެންދާނެކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިފަދަ ޚިދުމަތްތައް ޤާއިމުކުރުމަކީ ވަޒީފާދޭ ފަރާތްތަކަށްވެސް އެންމެ ޤާބިލު މުވައްޒަފުން ހޯދައި ދެމެހެއްޓުމަށް ލިބޭ މުހިންމު ވަސީލަތެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.

މި “ޗައިލްޑް-ކެއަރ ސްޕޭސް” އަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަން ކުރި ކުރިއެރުވުމަށާއި، އިދާރީ ފެންވަރުގައި ޖެންޑަރ މެއިންސްޓްރީމްކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިފަދަ ޚިދުމަތްތައް ތަޢާރަފުކުރުމަކީ އަންހެނުން ބާރުވެރިކުރުވުމަށާއި، މަސައްކަތުގެ މާޙައުލުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް އެޅޭ ފިޔަވަޅެއްކަމުގައިވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު