ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުނގޫފާރު ބިން ހިއްކުން މިހާރު ކުރިއަށް ދަނީ ރިވެޓްމަންޓް ޕްރޮފައިލިންގެ މަސައްކަތް: އެމްޓީސީސީ

ރ. އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އަޕްޑޭޓެއް އެމްޓީސީސީން ދީފިއެވެ. މި ކުންފުނިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިވަގުތު މަޝްރޫޢުގެ ދަށުން ކުރިއަށްދަނީ ރިވެޓްމަންޓް ޕްރޮފައިލިންގގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 10 ހެކްޓަރުގެ ބިން ހިއްކުމާއި، 838.60 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް އަދި 75 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުން ހިމެނެއެވެ. އެމްޓީސީސީން އިތުރަށް ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢަކީ 71.08 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ އުނގޫފާރުގެ ފަޅުން ހިއްކަން އޮތް އެންމެ ބޮޑު މިންވަރަކަށް ބިން ހިއްކައިދެއްވާނެ ކަމަށެވެ. މިގޮތުން، މިހާރު ރޭވިފައިވާ މިންވަރަށްވުރެ އިތުރު ތިން ހެކްޓަރު ހިއްކުމުން، ފަޅުގެ ތެރެއިން ހިއްކަން އޮތް އެންމެ ބޮޑު މިންވަރު ހިއްކޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

“އިރާދަކުރެއްވިއްޔާ، އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް، ފަޅުގެ ތެރެއިން ހިއްކަން އޮތް އެންމެ ބޮޑު މިންވަރަކަށް، އިތުރު ތިން ހެކްޓަރު އިތުރުކޮށްގެން ބިން ހިއްކާނަމެވެ،” ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ

Oo

ކާރުތައް ރާއްޖެ ގެންނަން ފަށައިފި، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަހު ފަށަނީ