ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިވިލް ސަރވިސް ކޮމިޝަނަށް މުޖުތާޒް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް މއ. ސިގްމމާ، އަލްއުސްތާޛު މުޙައްމަދު މުޖުތާޒު އައްޔަންކުރައްވާފައެވެ. މި މަޤާމަށް އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މަޤާމާ ޙަވާލުވުމުގެ ކުރިން، އަލްއުސްތާޛު މުޙައްމަދު މުޖުތާޒު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދުގެ އަރިހުގައި މަޤާމުގެ ހުވާ ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޔަންކުރެއްވި ކަމުގެ ރަސްމީ ލިޔުން އަލްއުސްތާޛު މުޙައްމަދު މުޖުތާޒާ ޙަވާލުކުރައްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު މުޖުތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ފަންނީ ތަޖުރިބާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެހެނިހެން އިސް މަޤާމުތައް ހިމެނެއެވެ.

މި މަޤާމު ހުސްވެފައިވަނީ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވޭތުވެދިޔަ މަހުގެ 11 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިބްރާހިމް ރަޝީދުގެ އިސްތިއުފާ އައީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް