ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުދިބަޔަކު ބިދޭސީއެއްގެ ބޯފަޅާލައިފި

ހުޅުމާލޭގައި ބަނގްލަދޭޝް ރައްޔިތަކަށް ޒުވާނުންގެ ބަޔަކު ހަމަލާދީ، އޭނާގެ ބޯ ފަޅާލާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.

ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 7:13 ހާއިރު ހުޅުމާލޭގެ ބޯގަންވިލާ މަގު ކައިރީގައި ހުންނަ ފިހާރައެއްގެ ކައިރީގައެވެ. ހަމަލާ ދިން ފަރާތްތަކަކީ 18 އަހަރުން ދަށުގެ ޒުވާނުންތަކެއް ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި ހާދިސާގައި ޒަޚަމްވި ބަނގްލަދޭޝް ރައްޔިތާއަށް މިހާރު ފަރުވާ ދެމުން ގެންދަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އަދި މި މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ތިން ފިރިހެން ކުދިންނާއި 17 އަހަރުން ދަށުގެ އެއް ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.ެ.

ފުލުހުންގެ ފަރާތުން މިހާރު ދަނީ މި މައްސަލައިގެ އިތުރު ތަޙްޤީޤުތައް ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި