ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ

Big p0ejpdozizhiivfmfqcs3epx0
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) —

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު ބުނީ، އެޗްޑީސީގެ ނަމުގައި ސްކޭމު ހިންގަނީ ވައިބާ މެދުވެރިކޮށް ކަމަށާއި ސްކޭމު ހިންގުމަށް ވައިބާ ކޯލުތަކަށް ވަކި ނަމްބަރެއް އަދި މެސެޖު ކުރުމަށް ވަކި ނަމްބަރެއް ބޭނުން ކުރާ ކަމަށެވެ.

ފުލުހުން ވަނީ އެ ސްކޭމުތައް ހިންގުމަށް ބޭނުންކުރާ ނަމްބަރުތައް ވެސް އާންމުކޮށްފައެވެ. އެގޮތުން މެސެޖުކުރުމަށް ބޭނުންކުރަނީ 7956509 ނަމްބަރު ކަމަށާއި ފޯނު ކޯލުތައް ކުރުމަށް ބޭނުންކުރަނީ 7933128 ނަމްބަރު ކަމަށެވެ. ވައިބާގައި ނަމެއްގެ ގޮތުގައި ޖަހާފައި އިންނަނީ އެޗްޑީސީގެ ނަން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ނަމްބަރުތަކުން މީހުންނަށް ގުޅައި އެޗްޑީސީން ކުރާ މުއާމަލާތެއް ކަމަށް ދައްކައި، ޖީމެއިލްއަށް އެކްސެސް ހޯދާ ކަމަށެވެ. އަދި ވައިބާ އެކައުންޓުތައް މެދުވެރިކޮށް އެޗްޑީސީން މުއާމަލާތް ނުކުރާނެ ކަމަށާއި ޖީމެއިލް ލޮގިން އާއި ވެރިފިކޭޝަން އަދި މީހުންގެ ޒާތީ އެކައުންޓުތަކުގެ އެކްސެސް ހޯދަން އެޗްޑީސީން ނޭދޭނެ ކަމަށް ފުލުހުން ބުންޏެވެ.

ޒާތީ މައުލޫމާތާއި އެނޫންވެސް މައުލޫމާތު ހިއްސާނުކުރުމަށް އިލްތިމާސްކުރާ ކަމަށާއި އެފަދަ ކޯލު އަދި މެސެޖުތަކަށް ޖަވާބުދީ ނުހެދުމަށް ވެސް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެފަދަ ނަމްބަރުތަކުން މެސެޖުކޮށް ނުވަތަ ގުޅާ ނަމަ، ބްލޮކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި