ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޖީދިއްޔާ ސްކޫލަކީ އެންމެ ޝަރަފްވެރި ޢިލްމީ ބަގީޗާ: ރައީސް

i
މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އަސާސްކަމަށާއި، އެ ސްކޫލަކީ ޤައުމުގެ އެންމެ ޝަރަފްވެރި “ޢިލްމީ ބަގީޗާ” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ބަސްފުޅުތައް އެމަނިކުފާނު ވިދާޅުވެފައިވަނީ މަޖީދިއްޔާ ސްކޫލުގެ 98 ވަނަ އަހަރީ ދުވަހާ ގުޅިގެން އިޖުތިމާޢީ ވިއުގަތަކުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

މަޖީދިއްޔާ ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސްކޫލުގެ ތާރީޚީ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އެ ސްކޫލުގެ މާޒީ ސިފަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މަޖީދިއްޔާގެ “ފަޚުރުވެރި ހިޔަލުން” މި ޤައުމަށް ލިބުނު ކުރިއެރުމާއި، “މަޖީދިއްޔާގެ ނޫރުން” މި ޤައުމަށް ލިބުނު ޢިލްމީ އަލިކަމުގެ ހަނދާންތަކަކީ ފަނާވެގެންދާނެ އެއްޗެއް ނޫން ކަމަށެވެ. އަދި މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އަސާސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެ ސްކޫލަކީ ރާއްޖޭގެ އެންމެ ޝަރަފްވެރި “ޢިލްމީ ބަގީޗާ” ގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެމަނިކުފާނު ވަނީ އެ ސްކޫލުގެ ހަނދާންތައް ދިވެހިންގެ ހިތުގައި ޒިކުރާތަކާއެކު ބިންވަޅު ނެގިފައިވާކަން ފާހަގަކުރައްވާފައެވެ.

އަހަރީ ދުވަހާ ގުޅިގެން ޙިއްޞާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ މަޖީދިއްޔާ ސްކޫލަށް 98 އަހަރު ފުރުމުގެ މުނާސަބަތުގައި، ސްކޫލުގެ ކުރީގެ އަދި މިހާރުގެ ދަރިވަރުންނަށާއި، ބެލެނިވެރިންނާއި، މުދައްރިސުންނާއި، އިދާރީ މުވައްޒަފުންނަށް އަދި އެހެނިހެން މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ، މަޖީދިއްޔާ ސްކޫލުގެ ލަވައިގެ ބައިތުތަކަކުންނެވެ.

ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ ފެށުން އައީ 1927 ވަނަ އަހަރުގެ އޭޕްރިލް 19 ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާ އުފެދުމާ އެކުގައެވެ. މިއީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ އިސްނެންގެވުމާ އެކުގައެވެ. މިހާރު އެ ސްކޫލް މަޝްހޫރުވެފައިވަނީ މަޖީދިއްޔާ ސްކޫލުގެ ނަމުގައެވެ. ގިނަ އަހަރުތަކެއް ވަންދެން ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ

ގޮތުގައި އޮތުމަށްފަހު، 2011 ވަނަ އަހަރު މަޖީދިއްޔާގައި ދެ ޖިންސުގެ ކުދިންނަށް ކިޔަވައިދޭން ފެށުނެވެ.

2027 ވަނަ އަހަރަކީ މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭ އަހަރެވެ. މި ތާރީޚީ މުނާސަބަތާ ދިމާކޮށް، 1000 ދުވަހުގެ ކައުންޓްޑައުނެއް ވޭތުވެދިޔަ އަހަރު ވަނީ ފަށާފައެވެ. ސަރުކާރުން ވަނީ މަޖީދިއްޔާ ސްކޫލަށް ގަރުނެއް ފުރުން ޚާއްޞަ ގޮތެއްގައި ފާހަގަކުރުމަށް ނިންމަވާފައެވެ.

މަޖީދިއްޔާ ސްކޫލުގެ މި ދިގު އަދި ފަޚުރުވެރި ތާރީޚަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީގެ ހެކިއެކެވެ. މި ސްކޫލުން ތަރުބިއްޔަތު ލިބިގެން ދިޔަ އެތައް ޖީލެއްގެ ދަރިވަރުން ވަނީ ޤައުމުގެ އެކި ދާއިރާތަކުގައި އިސް މަޤާމުތައް ފުރުއްވައި، ޤައުމީ ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. މިގޮތުން، މަޖީދިއްޔާ ސްކޫލަކީ ހަމައެކަނި ތަޢުލީމީ މަރުކަޒެއްގެ ގޮތުގައި ނޫން، ޤައުމުގެ ކުރިމަގު ބިނާކުރުމުގައި އިސް ދައުރެއް އަދާކުރާ މުއައްސަސާއެއްގެ ގޮތުގައި ވެސް ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ބަސްފުޅުތަކުން ހާމަވަނީ މަޖީދިއްޔާ ސްކޫލުގެ ތަޢުލީމީ އަދި އިޖުތިމާޢީ މުހިންމުކަމެވެ. އަދި މި ސްކޫލުގެ ދިގު ތާރީތާރީޚާއި ޤައުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެވޭ މިންވަރެވެ. މަޖީދިއްޔާ ސްކޫލުގެ މުސްތަޤުބަލު އިތުރަށް ފަހިވެ، ކުރިއަށް އށް އޮތް އަހަރުތަކުގައި ވެސް ޤައުމުގެ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް