ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން: ރައީސް

ރައްޔިތުންގެ ދުޅަހެޔޮކަމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން އެކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ބަސްފުޅު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ދިވެހި ޑޮކްޓަރުންގެ ދުވަހާ ގުޅިގެން އިޖުތިމާޢީ ވިއުގަތަކުގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ ދުޅަހެޔޮކަމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން އެކެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ.

ޕޯސްޓް ނިންމަވާލައްވަމުން، ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކަށް ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވާފައިވެއެވެ.

ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހަކީ ޑޮކްޓަރުންގެ ދުވަސްކަމުގައި ފާހަގަކުރެވެއެވެ.

ޑޮކްޓަރުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ޙައްލުކޮށްދީ، އެ ބޭފުޅުން ތަމްރީނުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން، އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މަޢުލޫމާތު ވަގުތުން ބެލޭނެ ގޮތަށް، ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން އޮންލައިން ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރިއަށް ގެންދަވަމުންނެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން، ދިވެހި ޑޮކްޓަރުންނަށް ޗައިނާގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިކަމާ ގުޅިގެން ޗައިނާގައި ތަޖުރިބާ ހޯއްދެވުމާއި އިތުރަށް ތަމްރީނުވުމުގެ ދޮރުތައް ދިވެހި ޑޮކްޓަރުންނަށް ވަނީ ހުޅުވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް