ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޑުލު ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އ30

ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަޑުލު ވަހީދު އަވަހާރަވީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މުރުން 77 އަހަރުގެ ވަހީދު އަވަހާރަވީ ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ.

ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރު ހުޅުވައިދެއްވީ ދިވެހި ލެންގުއޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. ތައުޒިޔާގެ ދަފްތަރުގައި ސޮއި ކުރުމުގެ ކަންކަން ކުރިއަށް ދަނީ އެ މިނިސްޓްރީގައެވެ.

ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި ވަހީދު ވަނީ މެދުނުކެނޑި ބައި ގަރުނު ހޭދަ ކުރައްވާފައެވެ. ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ވަހީދަށް ވަނީ 1985 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވަހީދަށް ވަނީ ލިބިވަޑައިގެންފައިވެއެވެ. އެ އަހަރު ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ރަން ގަލަން ވެސް ލިބިވަޑައިގެންނެވިއެވެ.

އެކި މަގާމުތަކުގައި 35 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރަށް ހިދުމަތް ކުރެއްވި މަޑުލު ވަހީދު، އެންމެފަހުން އަދާކުރައްވާފައި ވަނީ ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ މުޝީރުކަމުގެ މަގާމެވެ.

ވަހީދު ސަރުކާރުގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 1966 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވެއްޖެ