ކުއްލި ޚަބަރު

އަލްބަނީޒްގެ ވަރުގަދަ ރައްދު އެމެރިކާ އެމްބަސެޑަރަށް: އިންސާނީ އެހީ ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް!

ބޯހިޔާވަހިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލައިގެ ތަހުގީގު ފަށައިފި

ޖިނާއީ ދައުވާއިން އީސަ ސަލާމަތްވެއްޖެ

201

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް އަނިޔާ ކުރި ކަމުގެ ތުހުމަތުވާ މައްސަލައިގައި އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އީސަގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް އަނިޔާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ދައުވާއެވެ. މި ދައުވާ އީސަގެ މައްޗަށް އުފުލީ އަސްރާ ފުލުހުންނަށް ބަޔާން ދިނުމުން ކަމަށްވާއިރު، އަސްރާ ފަހުން ވަނީ އެ މައްސަލަ ކުރިއަށް ނުގެންދަން ފުލުހުންގެ ކިބައިން އެދިފައެވެ.

ނަމަވެސް އެ މައްސަލައިގައި ހިމެނޭ ޖިނާއީ ކުށުގެ ބައި ތަހުގީގުކޮށް ފަހުން ވަނީ އީސާގެ މައްޗަށް ދައުވާ އުފުލާފައެވެ. ދައުވާއަށް އީސަ އިންކާރު ކުރެއްވިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބަޔާންކޮށްފައި ވަނީ މި މައްސަލަ ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީއަތަށް ހެކި ލިބިފައި ނުވާތީ ދައުވާ ސާބިތުނުވާ ކަމަށެވެ.

އެ ހުކުމްގައި ވަނީ ދައުވާގައި ބުނާ ގޮތަށް އަސްރާއަށް އަނިޔާކުރި ކަމަށް އަސްރާ ބުނި ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި މި މައްސަލައިގައި އަސްރާ އާއި ބައެއް ހެކިން، ހެކި ބަސް ދޭން ބޭނުން ނުވި ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

އަލްބަނީޒްގެ ވަރުގަދަ ރައްދު އެމެރިކާ އެމްބަސެޑަރަށް: އިންސާނީ އެހީ ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް!

8ް0999999999

ބޯހިޔާވަހިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

398171 f8751cf9 9

އެސްއޯއީތަކާ ބައްދަލުކޮށް މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް މަޝްވަރަކުރައްވައިފި

72999222536383

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލައިގެ ތަހުގީގު ފަށައިފި

MTCC Advertisement TTH_Advertisement