ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާ ޓަވަރުތައް ކައިރީގައި އިތުރު މިސްކިތެއް ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާ ކައިރީގައި އިމާރާތްކުރެވެމުންދާ ތިން ބުރީގެ ދާއިމީ މިސްކިތް އަންނަ މަހު ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ހާމަކުރައްވައިފިއެވެ. މި މިސްކިތަކީ އަމިއްލަ ފަރާތަކުން އިމާރާތްކުރަމުންދާ މިސްކިތެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަށް މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއިން ހަތަރު މިސްކިތެއްގެ މަސައްކަތް މި އަހަރު ތެރޭގައި ނިންމައި ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން، ހިޔާ ޓަވަރުތަކާ ކައިރީގައި އިމާރާތްކުރެވޭ ތިން ބުރީގެ ދާއިމީ މިސްކިތް އަންނަ މަހުގެ ފަހުކޮޅު ހުޅުވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ 3000 އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. ވަޒީރު ޝަހީމް އިތުރަށް ވިދާޅުވީ، މި އަހަރުގެ ނިޔަލަށް ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައި ދާއިމީ މިސްކިތްތައް އިމާރާތްކުރުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގިނަ މަޝްރޫޢުތަކެއް ހުރީ ހުއްޓިފައި ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް އަވަސް ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިތުރުން އަތޮޅުތެރޭގައިވެސް ހުއްޓިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ކުރީގެ ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ހުއްޓިފައި ހުރި މަޝްރޫޢުތަކަށް ފައިސާ ހަވާލުކޮށް، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް އިމާރާތްކުރުމުގެ 35 މަޝްރޫޢެއް މި އަހަރު ކުރިއަށް ގެންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

Oo

ބީއެމްއެލް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނޭ ސީއެމްއީސީގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތް ފަށައިފި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ