ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒު ޓިކްޓޮކްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި

397323 4a1103e5 b

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގެ ވެރިންނާއެކު މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ޓިކްޓޮކާ ގުޅިގެން ސަރުކާރުން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖެ ޑިޖިޓަލައިޒްކުރަން ގެންގުޅޭ ތަސައްވަރު ރައީސް މުއިއްޒު ވަނީ ޓިކްޓޮކްގެ ވެރިންނާ ހިއްސާ ކުރައްވާފަ އެވެ. އަދި ޓިކްޓޮކްގެ ވެރިން ވަނީ ރައީސްގެ ތަސައްވަރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވެސް ވަނީ ޓިކްޓޮކްގެ އިސް ވަފްދަކާއެކު ބައްދަލުކޮށް، އެ ޕްލެޓްފޯމް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ އިތުރު ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި، ޑިޖިޓަލް މޮނިޓައިޒޭޝަންގެ އައު މަގުތައް ހުޅުވުމަށް ޓިކްޓޮކާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ފުރިހަމަ އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެއްކަން ފާހަގަކުރެވުނެވެ.

ޓިކްޓޮކް މެދުވެރިކޮށް ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގު ތަނަވަސްވުމުން، ޒުވާނުންނަށް އާމްދަނީ ހޯދުމުގެ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފައިސާ ހޯދުމުގެ ގޮތްތަކާއި، ޕޭޕާލް މެދުވެރިކޮށް ފައިސާ ޖަމާކޮށް ނެގުމުގެ ޚިދުމަތް ރާއްޖޭގައި ތަޢާރަފުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތްކުރައްވައިފި

ރާއްޖެ-ޖަރުމަން ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން

Main 20251125 171638

ފޭސް 3 މަސައްކަތް އަވަސްކުރުމަށް އިތުރު ބިޔަ ޑްރެޖަރެއް ރާއްޖެ ގެނެސްފި

މުޅިރާއްޖޭގައި ތަރައްގީގެ 1،875 މަޝްރޫޢު އެބަހިނގާ: ރައީސް