ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްވިޑަން، ސީޝެލްސް އަދި އޮސްޓްރިއާއަށް ކަނޑައެޅުއްވި ސަފީރުންނަށް ރުހުންދީފި

ސްވިޑަންއާއި ސީޝެލްސް އަދި އޮސްޓްރިއާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ޤައުމުތަކަށް ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. އެގޮތުން، ސްވިޑަންއާއި ސީޝެލްސް އަދި އޮސްޓްރިއާއަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ވޯޓު ވަނީ ނަގާފައެވެ. އަދި ތިން ސަފީރުންނަށް ވަނީ ރުހުންދެއްވާފައެވެ.

އެގޮތުން ސްވިޑަންއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ރުހުންދެއްވާފައިވަނީ، ޖަރުމަންވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރަށެވެ. ސީޝެލްސްއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓު ސަފީރަކަށް ރުހުންދެއްވާފައިވަނީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދަށެވެ. އަދި އޮސްޓްރިއާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓު ސަފީރުކަމަށް ރުހުންދެއްވާފައިވަނީ ޖެނިވާގައި ހުންނަ އެކުވެރި ދައުލަތުގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އައްޔަން ކުރެއްވުމަށެވެ.

މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގި ވޯޓުގައި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވަން ފާސްވެފައިވަނީ 71 މެންބަރުންގެ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮސްޓްރިއާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ހަމަލާތައް ކުށްވެރިކުރުމަށްފަހު، ރާއްޖެއިން ގޮވާލީ އަލުން ސުލްހަ ގާއިމްކުރަން

ޑެންމާކަށް ކަނޑައަޅާފައިވާ ސަފީރު ޤީލާ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

majilis

ތިން ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރަން ރުހުންދީފި