ކުއްލި ޚަބަރު

ރައީސްގެ ޚާއްސަ މެޑަލް ސިފައިންނާއި ފުލުހުންގެ 6 އޮފިސަރަކަށް

އިންޑިއާ އިން ރާއްޖެއަށް ދެ ޕޯޓަބަލް ހޮސްޕިޓަލް ހަދިޔާކޮށްފި

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަަބަދުވެސް ދެމި އޮންނާނެ: މޯދީ

60 އަހަރުވުމުން ދޫކުރާ ހާއްސަ ލައިސަންސް ނެގިޔަސް، ކުރީގެ ލައިސަންސް ބާތިލެއްނުވާނެ: މިނިސްޓްރީ

Big yscrnbiazgljpotbdu7facarh
ޓްރެފިކް ޕޮލިހުން މަގުމަތީގައި ހަރަކާތްތެރިވަނީ — ފޮޓޯ: ދިޔަރެސް

އުމުރުން 60 އަހަރުވުމުން ދޫކުރާ ހާއްސަ ލައިސަންސް ނެގިޔަސް، ކުރީގެ ލައިސަންސް ބާތިލުނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ އާދިއްތަ ދުވަހު “އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު” އިސްލާހުކޮށް ގެޒެޓުކޮށްފައެވެ.

އެ އިސްލާހުގައިވާ ބުނެފައިވަނީ ވަކި ކެޓަގަރީއެއްގެ އުޅަނދު ދުއްވުމަށް، ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަ ލައިސަންސެއް ދޫކުރެވިދާނެ ކަމަށާއި އެ ލައިސަންސަކީ 60 އަހަރުންމަތީގެ ދިވެހި ރައްޔިތުންނަށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ހާއްސަ ލައިސަންސެއް ކަމަށެވެ. ހަތަރު ގަޑިއިރުގެ ތަމްރީނެއް ފުރިހަމަކުރުމުން ލިބޭ އެ ލައިސަންސްގެ ދަށުން ދުއްވުމުގެ ހުއްދަ ދެވޭނީ ހަމައެކަނި 60 ސީސީން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް ފަދަ އުޅަނދު ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ ލައިސަންސެއް ތައާރަފުކުރުމުގެ މަގުސަދަކީ، އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގަވާއިދުގައި ބަޔާންކުރާ އިމްތިހާނުތައް ފުރިހަމަ ކުރުމަކާނުލައި، އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ އުމުރުން 60 އަހަރުގެ މަތީގެ ދިވެހި ރައްޔިތުންނަށް އަތޮޅުތެރޭގެ ރަށްރަށުގައި އެ ލައިސަންސްގެ ދަށުން ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް ގަވާއިދުގެ ތެރެއިން މަގުފަހިކޮށްދިނުން ކަމަށެވެ.

އެ އިސްލާހުގެ ދަށުން އުމުރުން 60 އަހަރު ފުރިފައިވާ މީހުންނަށް ބައެއް އުޅަނދު ދުއްވޭ ގޮތަށް ދޫކުރުމަށް ނިންމާފައިވާ ހުއްދައާ ގުޅިގެން މިހާރު ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލު ނުވާނެ ކަމަށާއި އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބޭނުންކުރުމަށާއި އަދި އާންމު އުސޫލުގެ ތެރެއިން ދޫކުރާ ލައިސަންސް ނެގުމަށާއި އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަހައްދެއްގައި ދުއްވުމަށް 60 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް ހުރަހެއް ނެތް ކަމަށް މިނިސްޓްރީން ބުންޞެވެ.

ގަވާއިދުގައިވާ ގޮތުން އުމުރުން ދޮށީ މީހުންނަށް ދޫކުރާ އެ ލައިސަންސްގެ މުއްދަތަކީ 10 އަހަރެވެ. ނަމަވެސް ލައިސަންސްގެ މުއްދަތު ހަމަވުމުން ލައިސަންސް އަލެއް ނުކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދުގައި ވަނީ، ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަކޮށްފައިވާ ލައިސަންސްގެ ދަށުން އުޅަނދު ދުއްވާފަރާތަކުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމުގެ ބާރު ލިބިގެންވާ ކަމަށެވެ. އަދި އެ އުޅަނދުތައް ދުއްވޭނީ ލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށެއްގައި ކަމަށާއި އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭނީ ހަމައެކަނި ގަޑިއަކު 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވަން ހުއްދަކުރާ މަގުތަކުގައި އެކަނި ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންޑިޔާގެ އެލްއޯސީ އަދާކުރުމުގައި ބޮޑު ފަސޭހައެއް ހަމަޖައްސައިފި

ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސް ނަޝީދު މޯދީއާއި ބައްދަލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފި

TTH_advertisement ELL Mobile Advertisement