ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ފެނަކައިގެ “ޕެޓީކޭޝް” ފައިސާ ނަހަމަގޮތުގައި ބޭނުންކުރި މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

Img 20241007 155907 241 850x548
ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީސް — ފޮޓޯ: ދެން

ފެނަކަ ކޯޕަރޭޝަންގެ ސައިޓުތަކަށް ދޫކޮށްފައިވާ “ޕެޓީކޭޝް” ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި ތިން މީހަކަށް ދައުވާކޮށްދިނުމަށް އެދި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދައުވާކޮށްދިނުމަށް އެދި އޭސީސީން ފޮނުވާފައިވަނީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އަހުމަދު ސާތިޝް ސައީދު (ހަސީނީވިލާ، ސ. ފޭދޫ) އާއި، ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއާ އިންޖިނިއަރުގެ މަގާމުގައި އޭރު ހުރި މުހައްމަދު އާސިދު (ނިރޮޅުމާގެ، ތ. ތިމަރަފުށި) އަދި ފެނަކައިގެ ސުޕަވައިޒަރެއްގެ މަގާމުގައި އޭރު ހުރި ހުސައިން އާސިރު (ފަޅޯމާގެ، ސ. ފޭދޫ) ގެ މައްޗަށެވެ.

އޭސީސީން މިއަދު ބުނީ ފެނަކައިގެ އައްޑޫ ސިޓީ، ސ. ހިތަދޫ ސެންޓްރަލް ޕަވާ ސްޓޭޝަން (ސީޕީއެސް) ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ހިލާފަށް އަމިއްލަ ބޭނުންތަކަށް، އަހުމަދު ސާތިޝް ސައީދާއި މުހައްމަދު އާސިދު އަދި ހުސައިން އާސިރު ބޭނުންކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ކުށެއްކުރަން އެދުމުގެ ކުށުގެ ދައުވާއާއި، ކުށެއްކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން އިތުރަށް ބުނީ އެ މައްސަލައިގައި، 623,208.80 ރުފިޔާ އަނބުރާ ހޯދުމަށް ކޮމިޝަނުން ފެނަކައަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ފޯޖަރީގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވޭތީ، އެކަން ތަހުގީގުކޮށްދިނުމަށް ފުލުހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ދާދިފަހުން އޭސީސީން ވަނީ ފެނަކައަށް އައިސްޕްލާންޓް ގަތުމުގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި އޭރުގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ވެސް ޕީޖީއަށް ފޮނުވައިފައެވެ.

ފެނަކައިގެ “ޕެޓީކޭޝް” ފައިސާ ނަހަމަގޮތުގައި ބޭނުންކުރި މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

893

ސިނގިރޭޓް ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން 10 މީހަކަށް ދައުވާކޮށްފި

MPL

ހެލްތު ސެޓްފިކެޓް ނެތި ކާބޯތަކެތީގެ ޝިޕްމަންޓަށް ކްލިއަރެންސް ދިން ދެ މުވައްޒަފަކަށް ދައުވާކޮށްފި

Main 20251204 065907

ގަމުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފި

Mm

ނޮވެމްބަރމަހު ފުވައްމުލަކު ގެތަކުގެ ފެނަށް ބިލު ނުކުރަން ނިންމައިފި

TTH_advertisement