ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަނީ

ވެންޓިލޭޓަރު މައްސަލައިގައި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެން އެދިއްޖެ

Goe0numxoaagbar
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން — ފޮޓޯ: މަޖިލިސް

ކޮވިޑު 19ގެ ދުވަސްވަރު ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނީގެ ވެރިޔާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް ފުލުހުންގެ ފަރާތުން އެދިއްޖެއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެ ކުންފުނި ގޮވައިގެން އާބިޓްރޭޝަނަށް ދިޔަ ނަމަވެސް، އެ ފައިސާ ހޯދޭނެ ގޮތެއް ވެސް ނުވި ކަމަށާއި ކުންފުނީގެ ވެރިމީހާ ވެސް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ޖިނާއީ މައްސަލައެއްގެ ގޮތުގައި، އެ ކުންފުނީގެ ވެރިޔާ ހޯދާފައި ރެޑް ނޯޓިސް ނެރޭ ހިސާބުން އޭނާ އަތުވާނެ ކަމަށާއި އޭނާ ހޯދިއްޖެ ނަމަ، އެ ފައިސާއިން ކުރި ކަންކަން އޮޅުންފިލައި، ރިޝްވަތުގެ ގޮތުގައި އިތުރު ބަޔަކަށް ފައިސާ ދިންކަން ނުވަތަ ނޫންކަން ސާފުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި ދިވެހި ސަރުކާރަށް ދުބާއީ ކުންފުނިން ދައްކަންޖެހޭ 32 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ވެސް މީގެ ކުރިން މާލިއްޔަތު ކޮމިޓީން ވަނީ އެދިފައެވެ. ކޮމިޓީން އެގޮތަށް އެދި ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ELL Mobile Advertisement TTH_advertisement