ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެވިޑު ކޮލެޖު ހިންގާ އިމާރާތް، ތިން މަސްދުވަހުގެ ތެރޭގައި ހުސްކުރުމަށް ހުކުމްކޮށްފި

College
އެވިޑް ކޮލެޖު ހިންގާ އިމާރާތް — ފޮޓޯ: އެވިޑް ކޮލެޖު

އެވިޑް ކޮލެޖު ހިންގަމުން އަންނަ އިމާރާތް، ތިން މަސްދުވަހުގެ ތެރޭގައި ހުސްކުރުމަށް އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އަހުމަދު ނަޖާހުގެ ފަރާތުން މުޝްތާގާ ދެކޮޅަށް ކޮށްފައިވާ ދައުވާގައި ވަނީ، ކުލީގެ އެއްބަސްވުމާ ހިލާފުވެފައިވާތީ، ދައުވާ ކުރާ ފަރާތުން އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށް ކަނޑައަޅައި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ކުލީގެ އެއްބަސްވުން ބާތިލުކަމަށް ކަނަޑައެޅުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، އެވިޑް ކޮލެޖު ހިންގަމުން އަންނަ ހ. ފިއެސް، އިއްޔެ އިން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ހުސްކޮށް، އިމާރާތާއި ގޯތި ނަޖާހުއާ ހަވާލުކުރުމަށް މުޝްތާގުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އެވިޑް ކޮލެޖު ހިންގުމަށް އެ އިމާރާތް 2022 ވަނަ އަހަރުގެ ޖޫން ހަތްވަނަ ދުވަހު 15 ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދީފައިވަނީ މަހަކު ދެ ލައްކަ ރުފިޔާއަށެވެ. ޑިޕޮސިޓުގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދައްކަން ޖެހޭ އިރު، ކޮންމެ މަހެއްގެ ދިހަވަނަ ދުވަހުގެ ކުރިން ކުލި ދައްކަން ޖެހޭ ކަމަށް އެއްބަސްވުމުގައިވެއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގަޒިއްޔާގައި ބުނެފައިވަނީ، އެއްބަސްވުމާ އެއްގޮތަށް ޑިޕޮސިޓް ފައިސާ ދައްކާފައި ނުވާ ކަމަށާއި މިދިޔަ 2023 ވަނަ އަހަރު، ގިނަ މަސްތަކެއްގައި ކުލި ދެއްކުމުގައި ލަސްތަކެއް އައިސް، ބައެއް މަސްތަކުގައި ކުލީގެ އެއްބައި ދައްކާފައިވާ ކަމަށް ނަޖާހުގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ކުލި ލަސްވުމުން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ވެސް ދައްކާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އެއްބަސްވުން ބާތިލުކުރުމުގެ އިތުރުން ކުލި ދައްކާފައިނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 208،7000 ރުފިޔާ އާއި ތަން ހުސްކުރުމާ ހަމައަށް ހިނގާނެ އިތުރު ކުއްޔާއި، ބިލުތަކަށް ނުދައްކާ އޮތް ފައިސާ އާއި، ތަން ހުސްކުރުމާ ހަމައަށް ބިލުތަކަށް ދައްކަން ޖެހޭ އަދަދާއި، 2022 ވަނަ އަހަރުގެ ނޮވެމްބަރު 20ގެ ނިޔަލަށް ދައްކަންޖެހޭ ދެ ލައްކަ ރުފިޔާ އާއި ވަކީލަށް ހަރަދުކޮށްފައިވާ 5000 ރުފިޔާ ހޯދައިދިނުމަށް ވެސް އެދިފައެވެ.

އެ ހަރަދުތައް ނަގައިދެވޭނެ ތަނެއް ނެތް ކަމަށް ކޯޓުން ކަނޑައެޅި ނަމަވެސް، މުޝްތާގު ދައްކަންޖެހޭ ކުލި އެއްބަސްވުމާ އެއްގޮތަށް ތަން ހުސްކުރުމާ ހަމައަށް ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެ މުއްދަތާ ހަމައަށް ބިލުތަކަށް ދައްކަމުންދިއުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

justice building

ކޭޕާކް ހިޔާނާތް: މިމަސް ނިމުމުގެ ކުރިން މީހަކަށް އެޕާޓްމެންޓާއި 1.9 މިލިޔަން ރުފިޔާ ދޭން ހުކުމެއް

ސިވިލް ކޯޓުގައި ގާއިމުކުރި ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

justice building

މިދިޔަ އަހަރު ސިވިލް ކޯޓުގައި 5680 މައްސަލަ ރަޖިސްޓްރީކޮށްފައިވޭ

ali ashfaq

ދަރަނީގެ ފައިސާ ދެއްކުމަށް އަޝްފާގަށް ހުކުމްކޮށްފި

TTH_advertisement