ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް: ރައީސް

ދިވެހިބަހުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚާއްޞަ ތަހަހުނިޔާ މެސެޖެއްގައި، ދިވެހިބަހަކީ ދިވެހީންގެ އަމިއްލމިއްލަވަންތަކަމުގެ މައިގަނޑު ތަނބުކަމުގައި ފާހަގަކުރައްވައިފިއެވެ. އަދި ކޮންމެ ދުވަހަކުވެސް ދިވެހީން ދިވެހިބަހަށް އިސްކަންދޭނެކަން ޔަޤީންކަމާއެކު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ، ޒަމާނީ ކުރިއެރުންތަކާއެކު ދިވެހިބަސް އިތުރަށް ކުރިއަރައި، ދިރި، އާލާވަމުންދާނެކަމުގެ އުންމީދު ފާޅުކުރައްވާކަމަށެވެ. މި މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރަން ފެށިފައިވަނީ 2015 ވަނަ އަހަރުއެވެ. މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރަކީ “އިސްކުރާނީ ދިވެހިބަސް” އެވެ.

ދިވެހިބަސް ދިރުވައި އާލާކުރުމަށާއި ދިވެހި ޤައު ޤައުމިއްޔަތު ހިމާޔަތްކޮށް ދެމެހެއްޓުމަށް މިހާރުގެ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައެވެ. މިގޮތުން، ދިވެހިބަހާބެހޭ ވުޒާރާއިން ޤައުމިއްޔަތު އަލުން އާލާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މީގެ ތެރޭގައި ޤައުމިއްޔަތުގެ ކޮލެޖެއް އުފެއްދުމާއި، ޤައުމީ ޗާޕުޚާނާ އަލުން ޤާއިމުކުރުމާއި، ތަރިކަ ދިރާސާކުރާ ދިރާސާވެރިންގެ ގުރޫޕެއް އުފެއްދުން ފަދަ މުހިންމު މަޝްރޫޢުތައް ހިމެނެއެވެ. އަދި ދިވެހިބަހަށް ލޯބިޖެއްސުމަށް ޤައުމީ ފެންވަރުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢެއް ފެށުމަށް ރޭވިފައިވާކަން ދިވެހިބަހާބެހޭ ވަ ވަޒީރު ކުރިން ހާާމަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް