ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވެއްޖެ

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، ޝަރަފުވެރި ލިޔުންތެރިއެއްކަމުގައިވާ މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވެއްޖެއެވެ.

މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވީ އިންޑިއާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ދެމުންދަނިކޮށް، ދިގު މުއްދަތެއްގެ ބަލިހާލުގައި އުޅުއްވުމަށް ފަހުގައެވެ.

ދިވެހި އަދަބިއްޔާތާއި ލިޔުންތެރިކަމުގެ ދާއިރާއަށް ކުރެއްވި ފާހަގަކޮށްލެވޭ ޚިދުމަތްތަކަށްޓަކައި، 2019 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ މަޑުލު މުޙައްމަދު ވަޙީދަށް ލިބިވަޑައިގެންފައެވެ. އަދި ދައުލަތުގެ މީޑިއާގެ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަން ކުރެއްވުމުގެ އިތުރުން، އެންމެފަހުން އަދާކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުކަމުގެ މަޤާމެވެ.

ލިޔުންތެރިކަމުގެ ދާއިރާއަށް ވަޑައިގަތުމުގެ ފުރުޞަތު އެ މަނިކުފާނަށް ލިބިވަޑައިގަތީ އިންޑިއާގައި ފުރިހަމަކުރެއްވި ކޯހަކާ ގުޅިގެންނެވެ. މާލެ އެނބުރި ވަޑައިގެން ފުރަތަމަ ކުރެއްވި މަސައްކަތަކީ ބޭރުގެ އެކިއެކި ޚަބަރުތައް ރޭޑިއޯ ޗެނަލްތަކުން އައްސަވައިގެން ލިޔުއްވުމުގެ މަސައްކަތެވެ. މި މަސައްކަތް 1973 ވަނަ އަހަރު ފެއްޓެވުމާއެކު، އޭރު ނެރެމުންދިޔަ “މޫންލައިޓް” ދުވަހު ނޫހަށްވެސް ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ ފުރުޞަތު ލިބިވަޑައިގެން އެ މަސައްކަތްވެސް ކުރިއަށް ގެންދެވިއެވެ.

މި މަސައްކަތްތަކުގެ ތެރެއިން، ބަހުގެ ހަމަތަކަށް ފައްތައިގެން ޢިބާރާތްތައް ރަނގަޅުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. ގިނަ ޞަފްޙާތަކެއް ލިޔުއްވަން ޖެހުނު ނަމަވެސް، ވަރުބަލިވުމެއްނެތި މަސައްކަތް ކުރިއަށް ގެންދެވިއެވެ. ޝޯޓްހޭންޑް ބޭނުންކުރެއްވުމުގެ ބަދަލުގައި، މުހިންމު ނުކުތާތައް ނޯޓުކުރައްވައިގެން، ޚަބަރުގެ މަޢުލޫމާތު ހަނދާނުގައި ބަހައްޓަވައިގެން އަވަހަށް ލިޔުއްވައި ނިންމެވިއެވެ. މި މަސައްކަތުން އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރުމުގެ ހުނަރުވެސް ތަރައްރައްޤީކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓްވި އަންހެންމީހާ އަނިޔާވެއްޖެ

ހާލު ދެރަވި ދިވެހި އުމްރާވެރިޔާ ނިޔާވެއްޖެ

ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އައިންތު މިސް ނިޔާވެއްޖެ

ހިތާމަވެރި ހާދިސާގައި ނިޔާވި އަލީ، އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ކަނޑުމަތީގައި