ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ފިލިޕީންސްގައި އަނިޔާވި ދިވެހި ދަރިވަރުގެ ޙާލު ސަރުކާރުން ގާތުން ދަނީ ބަަލަމުން

ފިލިޕީންސްގެ ފްލައިންގ ސްކޫލެއްގައި ޕައިލެޓް ތަމްރީނު ފުރިހަމަކުރަމުންދަނިކޮށް، މަތިންދާބޯޓުގެ ޕްރޮޕެލަރުގައި ޖެހި އަނިޔާވި ދަރިވަރު، ޢަބްދުލް މާނިޢުގެ ޞިއްޙީ ޙާލަތު ގާތުން ބަލަހައްޓަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ވަޒީރު ޚަލީލް ވިދާޅުވީ، މި ހާދިސާއާ ގުޅިގެން މާނިޢުގެ ބައްޕަ، އާމިރާ ފޯނުން ގުޅައި، ދަރިވަރުގެ ޙާލަތާ ބެހޭގޮތުން މިއަދު މަޝްވަރާކުރެވުނު ކަމަށެވެ.

އިތުރަށް ވިދާޅުވީ، މާނިޢުގެ މަންމައާއި ބޭބެ މިހާރު ފިލިޕީންސްއަށް ވަޑައިގެންފައިވާ ކަމަށާއި، މާތްﷲގެ ރަޙްމަތްފުޅާއެކު ދަރިފުޅުގެ ޙާލަތު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ.

ޚާރިޖީ ވުޒާރާއާއި، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅައި ދަރިފުޅުގެ ޙާލު އޮޅުންފިލުވާފައިވާ ކަމަށާއި، ސަރުކާރުން މިހާ ސަމާލުކަމާއެކު މިކަން ބަލަހައްޓަމުންދާތީ އުފާވެވަޑައިގަންނަވާ ކަމަށް މާނިޢުގެ ބައްޕަ ފާޅުކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ފިލިޕީންސްގައި ތިއްބެވި އެހެން ދިވެހި ދަރިވަރުންގެ ފަރާތުން މިފަދަ ނާޒުކު ވަގުތެއްގައި ލިބެމުންދާ އެހީތެރިކަންވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ޙާދިސާގެ ރިޕޯޓު ލިބުނު ހިސާބުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހި ސަރުކާރުން ދަނީ ދަރިވަރުގެ ޙާލަތު ވަރަށް ގާތުން ބަލަހައްޓަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާނިޢު އަނިޔާވެފައިވަނީ ސެސްނާ-152 މޮޑެލްގެ މަތިންދާބޯޓުގެ އިންޖީނު ނިއްވާނުލައި ބޯޓުން ފައިބަމުންދަނިކޮށެވެ. ބޯޓުން ކުއްލިއަކަށް ފައިބަން ޖެހުނީ ވަރަށް ބޮޑަށް ބޯ އަނބުރަން ފެށުމާ ގުޅިގެންނެވެ.

މި ހާދިސާގައި އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން ބައެއް ޖަރާޙީ ޢަމަލިއްޔާތުތައް ވަނީ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

dr abdulla khaleel

ވާޖިބަށް ހުރަސްއެޅުމުންވެސް ފުލުހުން އަމަލުކުރީ ގާނޫނީ އިމުގެ ތެރެއިން: ޑރ.ހަލީލު

ވިސާއާ ނުލައި އަޒަރުބައިޖާނަށް 90 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ

darivarun

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލައިފި، ޗުއްޓީގެ ބޭނުން ރަގަޅުގޮތުގައި ދަރިވަރުން ހިފަންވާނެ

TTH_advertisement