ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ މުސްލިމުންގެ ހައްގުގައި ލ. އަތޮޅުގައި ވެހިކަލް ބުރެއް ބާއްވަނީ

837

“މުޅި ލާމު ޣައްޒާއާއެކު” ނަމުގައި ލ. އަތޮޅުގައި ވެހިކަލް ބުރެއް ބާއްވަން ނިންމައިފިއެވެ.

މިއީ ލ. އަތޮޅުގެ ރައްޔިތުން ޣައްޒާގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން އިންތިޒާމު ކުރާ ސައިކަލު ބުރެކެވެ. މި ސައިކަލު ބުުރު އިންތިޒާމު ކުރަނީ ލ. ގަމާއި ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި މަދަނީ ޖަމިއްޔާތައް ގުޅިގެންނެވެ.

މި ވެހިކަލް ބުރު އޮންނާނީ މި މަހުގެ 18ވާ ހުކުރު ދުވަހުގެ ހަވީރު ލާމު ލިންކު ރޯޑްގަ އެވެ. މި ވެހިޖަލް ބުރުގެ ރޫޓާއި ގަޑި ފަހުން ހާމަ ކުރާނެ ކަމަށް ވެސް ބުންޏެވެ.

މި ސައިކަލު ބުުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދެ ކައުންސިލުން ވަނީ އެދިފަ އެވެ.

ޣައްޒާގެ މުޖާހިދުންނަށް ހިތްވަރުދީ ޣައްޒާގެ ރައްޔިތުންނާއެކު ތިބި ކަންހާމަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

M Mulhi laamu
Cycle burehjahaalooma eyo keehvaan kamey
M Mulhi laamu
Council thakun eheeviyas maa ragalhuvaane

ގުޅުންހުރި

767

ޣައްޒާގައި ދިވެހީންގެ އެހީގައި ބިނާކުރި އިތުރު ވަގުތީ މިސްކިތެއް ހުޅުވައިފި

ޣައްޒާއިން މިއަދުވެސް 10 މީހުން ޝަހީދުކޮށްލައިފި، ގަތުލުއާންމު ނުހުއްޓޭ، އެއްބަސްވުމެއްގެ ބޭނުމެއްނެތް: ހަމާސް

“ބޯޑް އޮފް ޕީސް” އަށް ޔޫއޭއީ އިން އެއް ބިލިއަން ޑޮލަރު ދެނީ

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި