ކުއްލި ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިއުލާނު ކުރާނެ: ޑރ ޝަހީމް

)

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި، ޒަކާތު ފަންޑުގެ ސްކޮލަރޝިޕް ޕްރޮގްރާމް މި ހަފްތާގައި އިޢުލާން ކުރެވޭނެއެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން އިސްލާމީ ޢިލްމުގެ މުހިންމު އެކި ދާއިރާތަކުން މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގެ ގިނަ ފުރުޞަތުތަކެއް ހުޅުވައިލެވޭނެ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ޞިއްޙީ ދާއިރާގައި ރާއްޖޭގައި މިވަގުތު ނެތް ސުޕަރ ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށްވެސް މި ޕްރޮޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ފުރުޞަތުތަކަށް ފަންޑު ކުރެވޭނީ ޒަކާތު ފަންޑުގެ “ފީ ސަބީލިﷲ” ބައިންނެވެ.

ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމާއި ޙާފިޡުން އުފެއްދުމުގެ މަޝްރޫޢުތަކަށްވެސް ޚަރަދު ކުރެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާއެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ޒަކާތު ފަންޑުގެ ފަޤީރުންނާއި މިސްކީނުންގެ ބައިން، ފަޤީރުންގެ ބޭސްފަރުވާއަށާއި، ކިޑްނީ ޓްރާންސްޕްލާންޓް، ބޯން މެރޯ ޓްރާންސްޕްލާންޓް، އަދި ފުއްޕާމޭގެ އަދި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށްަށްވެސް ޚަރަދުކުރެވެމުންދާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

މިޞްރު އަދި ސަޢޫދީ ޢަރަބިއްޔާ ފ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހާސިލުކުރާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ނިންމާފައިވާ ކަމަށާއި، މި ހަފްތާގެ ތެރޭގައި އެކަމަށްވެސް އވެސް އިޢުލާނު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ ދިވެހި ތާރީޚުގައި އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި 34 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަހަރަކީ ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު ކަމަށާއި، ހަމަހަމަ ގޮތެއްގައި ރާއްޖޭގެ ފަޤީރުންގެ މެދުގައި ފިޠުރު ޒަކާތް ފުރަތަމަ ފަހަރަށް ބެހިގެން ދިޔައީ ވެސް މިއަހަރުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ހުރިހާ ކަމަކީވެސް ޒަކާތުގެ ނިޒާމު ހަރުދަނާވެ، އިސްލާމީ ޝިޢާރުތައް އުފުލުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ކަމުގައި ދެކެވެއެވެ. މި ފަދަ މަސައްކަތްތަކުން ދިވެހި މުޖުތަމަޢުގެ އިޖްތިމާޢީ ރައްކާތެރިކަން އިތުރުވެ، ޢިލްމީ ދާއިރާތަކުން ކުރިއެރުން ލިބި، އަދި ޞިއްޙީ ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ޒަކާތު ފަންޑުގެ މި ފަދަ ޕްރޮގްރާމްތަކަކީ ދިވެހި މުޖުތަމަޢުގެ އެކި ދާއިރާތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް އިސްލާމީ ޢިލްމާއި ޞިއްޙީ ދާއިރާގެ ތަރައްޤީއަށް މި ޕްރޮގްރާމްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މި ފަދަ މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިސްލާމީ މުޖުތަމަޢެއްގެ ގޮތުގައި ދިވެހިރާއްޖެ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. އަދި މި ފަދަ މަސައްކަތްތަކަކީ ދިވެހި ރައްޔިތުންގެ ދީލަތިކަމާއި އިސްލާމްދީނަށް އޮތް ލޯބީގެ ހެއްކެއް ކަން ކަށަވަރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ELL Mobile Advertisement TTH_advertisement