ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މިސައިލު ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާ ކުރަން ނިންމައިފި

ރާއްޖޭގެ ކަނޑުގެ ދީފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް މިސައިލު ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމަައިފިއެވެ.

ތުރުކީގެ ނޫސް އެޖެންސީ އަކަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ދިން މައުލޫމާތަކާއި ހަވާލީ ތުރުކީ ޓްޑޭގައި ބުނެފައިވާ ގޮތުގައި، ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު ރާއްޖެއަށް ހަދިޔާ ކުރަނީ، ރާއްޖޭގެ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމާއި މެރިޓައިމް ދާއިރާއިން އެހީތެރިކަމާއި ސަޕޯޓް ދިނުމަށް ދެ ގައުމުގެ މެދުގައި ވެފައިވާ ފަހުމުނާމާގެ ދަށުންނެވެ.

ތުރުކީ ޓްރޭގައި ބުނެފައިވާ ގޮތުގައި މި މަނަވަރު ރާއްޖެއަށް ހަދިޔާ ކުރުމުގެ ކުރިން އިސްތަންބޫލް ނޭވަލް ސިޕްޔާޑު ކޮމާންޑުގައި ވަނީ މަރާމާތުކޮށްފައެވެ. ދިފާއީ އުޅަނޑުތައް އުފުލުމަށް ބޭނުންކުރާ އެހެން އުޅަނދެއްގައި މި މަނަވަރު މާލެ ގެންނަން ހަމަޖައްސާފައިވަނީ މި ހިންގާ އެޕްރީލް މަހާއި ޖޫން މަހާ ދެމެދުގައެވެ.

މިސައިލު މަނަވަރު ރާއްޖެ ގެނައުމަށްފަހު ބޭނުންކުރެވޭ ހާލަތަށް ގެނެސް އެކްޓިވޭޓްކުރާނީ ތުރުކީގެ ނޭވީ ޓީމުންނެވެ. އަދި މި މަނަވަރު ރާއްޖެއާ ހަވާލުކޮށް ނިމޭނީ ޖުލައި މަހު އެވެ. މި އުޅަނދުގައި ހަރަކާތެރިވާނެ ދިވެހިން މިހާރު އަންނަނީ ތުރުކީގައި މަހެއްހާ ދުވަހުގެ ތަމްރީނު ފުރިހަމަކުރަމުންނެވެ.

ތުރުކީ ޓްޑޭގައި ބުނެފައިވާ ގޮތުގައި ޕީ-342 ޓީސީޖީ ޓައިފޫން ކިޔާ (ޓެސްޓް އަދި ޓްރޭނިން) އުޅަނދެއް ވެސް ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވެއެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރާ މަނަވަރަކީ “ޑޯގަން ކްލާސް” މަނަވަރެކެވެ. ޑޯގަން ކުލާސް މަނަވަރު ތަކަކީ ދިގުމިނުގައި 58.1 މީޓަރު ހުންނަ، ގަޑިޔަކު 38 ނޮޓުގެ ދުވެލި ލިބޭ އުޅަނދެކެވެ. އުޅަނދުގައި ހުންނަ ހަތަރު އިންޖީނުގެ ޖުމުލަ ހޯސްޕަވަރަކީ 12،000 އެވެ. މި އުޅަނދު ތަކުގައި 45 ކްރޫއިން ހަރަކާތްތެރިވެއެވެ. މިސައިލުގެ ފޮނުވުގެ ގާބިލުކަމުގެ އިތުރަށް ތަފާތު ވައްތަރުގެ ބަޑި އާއި ރާޑަރުތައް ވެސް މި އުޅަނޑުތަކުގައި ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތުރުކީ އަސްކަރިއްޔާގެ ވައިގެ އުޅަނދެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ ފޮނުއްވައިފި

ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ތުރުކީން ހަދިޔާކުރާ މަނަވަރު ރާއްޖެ ގެނެސްފި

TTH_advertisement