ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާގެ ފުރަތަމަ ޓަވަރުން ބައިގަޑިއިރަށް މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އަންގައިފައިވާ ގޮތުގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއްގެ ސަބަބުން، މާދަމާ ހިޔާގެ ފުރަތަމަ ޓަވަރުގެ ކަރަންޓު ވަގުތީގޮތުން މެދުކެނޑިގެންދާނެއެވެ.

ކުންފުނިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މާދަމާ ހެނދުނު 9:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށް ކުރިއަށްދާ މި މަސައްކަތުގައި، އެއްވަނަ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން ގާތްގަނޑަކަށް 30 މިނެޓުގެ މުއްދަތަކަށް ކަރަންޓު ކެނޑިގެންދާނެއެވެ.

މި މަސައްކަތަކީ ހިޔާ ޓަވަރުތަކުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދެވޭ މަސައްކަތެއްކަން ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

މި މަސައްކަތުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މި މަސައްކަތުގެ ސަބަބުން ކުރިމަތިވެދާނެ ވަގުތީ ދަތިތަކަށް ތައްޔާރުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

Oo

ބީއެމްއެލް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނޭ ސީއެމްއީސީގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތް ފަށައިފި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި