ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ފުލުހުންގެ ހައްޔަރުގައި ހުއްޓައި ފިލި މީހަކު ތިން މަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

64593246 1968340659939217 1685804432098328576 n
ގދ. ވާދޫ —

ފުލުހުންގެ ހައްޔަރުގައި ހުއްޓައި ފިލައިގެންދިޔަ މީހަކު ތިން މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން، ތިން މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކުރީ ގދ. ވާދޫ، ދިއްގާގަސްދޮށުގޭ، އަލީ ޝަމީމް (27އ)ގެ މައްޗަށެވެ.

ޝަމީމް ހައްޔަރުކޮށްފައިވަނީ އަމިއްލަ ގޭގައި ބަނގުރާ އުފައްދައި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 23 ޖުލައި 2024 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހަމަ އެ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބަންދުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށުން ވާދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ހުއްޓައި ޝަމީމް ވަނީ ފިލައިފައެވެ.

އެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އިން އޭނާގެ މައްޗަށް ކުރީ، ޖިނާއީ ބަންދެއްގައި ހައްޔަރުކޮށްފައިވާ މަރުކަޒެއްގެ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލުމުގެ ކުށުގެ ދައުވާއެވެ.

ކޯޓުގައި އެ ދައުވާއަށް ޝަމީމް އިއުތިރާޒުވުމުން ޖިނާއީ ބަންދެއްގައި ހައްޔަރުކޮށްފައިވާ މަރުކަޒެއްގެ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ވަނިކޮށް ފިލުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ތިން މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

TTH Advertisement MTCC Advertisement