ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަސްޓަމްސް އޮފިސަރުން ހޯދަން އިއުލާންކޮށްފި

439

ކަސްޓަމްސް އޮފިސަރުގެ މަގާމަށް މީހުން ހޯދުމަށް އިއުލާންކޮށްގިއެވެ.

ކަސްޓަމްސް އިން ކުރި އިއުލާނުގައި އެސިސްޓަންޓް ކަސްޓަމްސް އޮފިސަރުގެ މަގާމަށް 13 މީހަކު ހޯދުމަށް ވަނީ ހުޅުވާލައިފައެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ ހަމައެކަނި މާލެ ސަރަހައްދަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވަނަ ދުވަހެވެ.

އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ އަސާސީ މުސާރަ އަކީ މަހަކު 5،000ރ.އެވެ. މީގެ އިތުރުން ނޮން-ޕްރެކްޓިސިން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓް ނުވަތަ 1,750ރ. އާއި ސާވިސް އެލަވަންސަށް އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ. އާއި ކޮއްތަށް އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60ރ. އާއި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މިނިމަމް ވޭޖް އެލަވަންސްގެ އިތުރުން އިތުރު ގަޑީގެ ފައިސާ އާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެއެވެ.

މަގާމުގެ ޝަރުތުތަކަކީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދާއިން ދަށްވެގެން ‘ޑީ’ ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިން ދަށްވެގެން ‘ސީ’ ފާސް ލިބިފައިވުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަސްޓަމާއި ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްފި

customs

ފަހު 10 ގައި ކަސްޓަމްސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

78

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް އަތުލައިގެންފި