ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްއިން މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރާނެ: ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލީ ދާއިރާގެ ޤާބިލު ޖީލެއް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް އިމާރާތުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ބޭންކުގެ އަމާޒުތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ ގުޅިލާމެހިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމަށް ހިންގާ މަޝްރޫޢުތަކުގައި ބީއެމްއެލްއިން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރެއްވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ބީއެމްއެލްއިން ފުރިހަމަ އިސްލާމީ ބޭންކިންގ ޚިދުމަތްތަކާއެކު މުޅި ޤައުމުގައި މާލީ ބާރުވެރިކަން އިތުރުކުރަމުންދާ ކަމަށެވެ. އަދި ހުރިހާ އެންމެން ޝާމިލުވާ ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ސަނާބިލް އިމާރާތް ބިނާކުރުމަށް އެހީތެރިވުމަކީ އިޤްތިޞާދީގޮތުން ވަރުގަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއްކަމުގައި ޝަރީފް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ބޭންކުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

ޒުވާން ހުނަރުވެރިން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން މާލީ ދާއިރާއަށް ކުރިއެރުން ގެނެސްދޭނެ ޖީލެއް އުފެއްދުމަށް ބީއެމްއެލްއިން އިސްކަންދޭކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މަތީ ތަޢުލީމު ހާސިލުކުރުމަށް ބީއެމްއެލްއިން ފޯރުކޮށްދޭ ސްކޮލަރޝިޕްގެ ދަށުން މިހާރުވެސް އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތުގައި ދަރިވަރުން ކިޔަވަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި