ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއިން އައިރީނާއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު މަޤާމުގެ ފަތްކޮޅު އަރުވައިފި

TTH_Ads
STO_Ads
Advertisement

އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ) އަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބުގެ ފަތްކޮޅު އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލަށް ރަސްމީކޮށް އަރުވައިފިއެވެ.

ދިވެހިރާއްޖެއިން އައިރީނާއަށް ދާއިމީ މަންދޫބެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު މުޙައްމަދު ޙުސައިން ޝަރީފް، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމުގައި އައިރީނާއިން އަދާކުރަމުންދާ މުހިންމު ދައުރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އައިރީނާއާއެކު ގުޅުން ބަދަހިކޮށް، ދިވެހި ސަރުކާރުގެ އިޢާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އައިރީނާގެ ޑިރެކްޓަރ ޖެނެރަލް ލާ ކެމެރާ ވަނީ ސަފީރުގެ އައު ދައުރަށް މަރުޙަބާ ދަންނަވައި، ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައިރީނާއިން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

HajjCop_ads
Advertisement

އިޢާދަކުރަނިވި ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިރީނާ އުފައްދާފައިވަނީ 2009 ވަނަ އަހަރުގައެވެ. މި ޖަމްޢިއްޔާ އުފެދުނީއްސުރެ ދިވެހިރާއްޖެއަކީ އޭގެ މެންބަރު ޤައުމެކެވެ. މިހާރު ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އައިރީނާގެ މެންބަރު ޤައުމުތަކުގެ ޢަދަދު 169 އަށް އަރާފައިވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު