ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި ޒުވާނަކު ނުރައްކާތެރި ހާލަތެއްގައި

kulli khabaru

ހުޅުމާލޭގައި މިރޭ ހިނގި ސައިކަލު އެކްސިޑެންޓެއްގައި 29 އަހަރުގެ ޒުވާނަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ވެމްކޯ ސައިޓް ކައިރީގައި، ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ބްރިޖުގައެވެ.

ހާދިސާ ހިނގި ގޮތުގެ ތަފްސީލު ދެމުން، އެ މަންޒަރު ދުށް ފަރާތަކުން މަޢުލޫމާތު ދިންގޮތުގައި، ބްރިޖުން ފައިބައިގެން އައިސް ކުއްލިއަކަށް ފެނުނު ބަމްޕަރަކަށް ބުރަކި ޖެއްސުމުން ސައިކަލް ކަހާލައިގެން ވެއްޓުނެވެ. މި ހާދިސާގައި އަނިޔާވި ފަރާތުގެ ބޮލަށާއި ކަނދުރާއަށް ވަނީ ގެއްލުން ލިބިފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވިދާޅުވި ގޮތުގައި، މެންދަމު 12:00 ގާތްކުރާ އިރު ހޮސްޕިޓަލަށް ގެނެވުނު މި ޒުވާނާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން، އިންޓެންސިވް ކެއަރގެ ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ވަނީ ބަދަލުކުރެވިފައެވެ.

މީގެ އިތުރުން، ހަމަ މިރޭ ހުޅުމާލޭގެ ނިރޮޅު މަގުގައި ހުންނަ ސްކޭޓް ޕާކް ކައިރީގައި ވެސް ވަނީ އިތުރު އެކްސިޑެންޓެއް ހިނގާފައެވެ. މި ހާދިސާގައި ދެ ސައިކަލް ޖެހުމުގެ ސަބަބުން ޒުވާން އަންހެނަކަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް، އޭނާގެ އަނިޔާތައް އެހާ ސީރިއަސް ނޫން ކަމަށް ބެލެވެއެވެ.

މި ދެ ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން އަދި އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ. މި ހާދިސާތަކާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި