ކުއްލި ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް އެޅުމަށް ހަވާލުކޮށްފި

އެސްއީޒެޑްގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމަނައިފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާ ފުލުސް އޮފީހަށް ހާޒިރުކުރަނީ

ހުއްޓިފައި އޮތް ކުނބުރުދޫ ފުޓުބޯޅަ ދަނޑު ނިންމަނީ

29222

އދ ކުނބުރުދޫގެ ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކޮށް، ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ބޭނުންވާ ސާމާނު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެރަށަށް ފޮނުވައިފިއެވެ.

އާރްޑީސީން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މިވަގުތު އެރަށުގައި ދަނީ ފޮނުވި ސާމާނުތައް އަންލޯޑް ކުރުމުގެ މަސައްކަތް ކުރިއަށެވެ.

މި މަސައްކަތަކީ ކުނބުރުދޫގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކުރުމަށް އާރްޑީސީއާއި ހަވާލުކުރީ 4.9 މިލިއަން ރުފިޔާއަށެވެ.

އާރްޑީސީ އާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް ޓާފް އެޅުމާއި، ލައިޓިންގ މަސައްކަތުގެ އިތުރުން ދަނޑަށް އިތުރު ކުރެވުނު ބައިގެ ވަށާފާރު އަދި ފެންސް މަރާމާތުކުރުން ހިމެނެއެވެ.

މީގެ އިތުރުން މުޅި ދަނޑުގެ ވަށާފާރާއި ފެންސް މާރާމާތު ކުރުމާއި ދަނޑަށް އިތުރު ކުރެވުނު ބައިގައި ކާނުލުމާއި ދެ ކާނު ދޭތެރޭގައި ސްކްރީޑެއް އެޅުމާއި ގޭޓު ހަރުކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިން ރަށެއްގެ މަގުހެދުން އާރްޑީސީއަށް

Image 20

މާމިގިލީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިނިސްޓަރު މުއްތަލިބު ފައްޓަވައިދެއްވައިފި

778

ގެމަނަފުށީ މިސްކިތުގެ މަސައްކަތް ނިންމަން އާރްޑީސީން ތައްޔާރުވެއްޖެ

Rff

އާރްޑީސީގެ ލޯގޯ ރީބްރޭންޑްކޮށް އިފްތިތާހްކޮށްފި

TTH_advertisement