ކުއްލި ޚަބަރު

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ފިޔޯރީ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި

98

ގދ. ފިޔޯރީ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ އެ ރަށަށް ނިސްބަތްވެވަޑައިގަންނަވާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ.

އެ ރަސްމިއްޔާތުގައި ވަޒީރު މުއްތަލިބު ވިދާޅުވީ ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ޒަމާންތަކެއް ވަންދެން ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމަށެވެ.

ފިޔޯރީގައި އޮންނަނީ 2009 ވަނަ އަހަރުގެ ތެރޭގައި ތަރައްޤީކޮށްފައިވާ ބަނދަރެކެވެ. ވަޒީރު ވިދާޅުވީ، ފިޔޯރީއަކީ ވިލު ފުންވުން ރަށެއްކަމުން ކުރިން ޕްލޭންގައި އޮތްގޮތަށް ބަނދަރުގެ ދެފަރާތަށް ދިގު ކުރިނަމަވެސް، ގަދަވާ ދުވަސްވަރު ފަޅުތެރެ ގަދަވެގެންދާނެކަމަށެވެ. އެހެންކަމުން ފިޔޯރީ ބަނދަރު އަލުން ތަރައްޤީކުރަން މިފެށީ ރަށުގެ ރައްޔިތުންނާއި، ކައުންސިލްގެ މަޝްވަރާގެ މަތިން ބައެއް ބަދަލުތައް ޕްލޭނަށް ގެނައުމަށްފަހުކަމަށް ވިދާޅުވިއެވެ.

“ކުރިން އޮތްގޮތަށް ބަނދަރުގެ ދެފަރާތަށް ދިގުކުރާނަމަ ބޭރުތޮއްޓެއް ޖެހުމަކީ ފަހުންވެސް ކުރެވޭނެކަމެއް ނޫން. އެހެންކަމުން ހުރިހާ ފަރާތަކާ މަޝްވަރާކޮށް އަޅުގަނޑުމެން ނިންމީ، ރަށުގެ އެތެރެއަށް ކޮންމެވެސް ވަރަކަށް ބަނދަރު ޖެއްސުމަށްފަހު ތަރައްޤީކުރުމަށް އަޅުގަނޑުމެން ނިންމީ” ވަޒީރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު، އަޙްމަދު ސަޢުދީ ވިދާޅުވީ، އެމްޓީސީސީއާ މަޝްރޫޢު ހަވާލުކޮށްފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ޕްލޭނާ އެއްގޮތަށްކޮށް ނިންމާނެކަމަށެވެ.

“ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ މަޝްރޫޢުތައް އެބަހުރި. ރާއްޖޭގައި މިހިނގާ މަޝްރޫޢުތައް ނުހިނގާ ހުންނަ ކޮންމެ ދުވަހަކީ ޚަރަދު އިތުރުވެގެންދާ ދުވަހެއް. އެހެންކަމުން އަޅުގަނޑުމެންގެ އިލްތިމާސަކީ، މަޝްރޫޢުގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށްގެންދިޔުމަށް އެއްބާރުލުން ދެއްވާށޭ.” ސަޢުދީ ވިދާޅުވިއެވެ.

ގދ.ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 38 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫޢުގެ ދަށުން، އައު ބަނދަރު ފުންކުރުމާއި، ރިވެޓްމަންޓް ޖެހުމާއި، އެއްގަމު ތޮށި ޖެހުމާއި، ބަނދަރުގެ ނެރު ބައްތިއާއި މަގު ބައްތި ޖެހުމަށްވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

“ވިލުންތެރި ރާއްޖެ 2045″ އަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުެ %50 ނިންމާލައިފި

ހުރިހާ ވިސާއަކުން އަންނަ މުސްލިމުންނަށް އުމްރާވަން ސައޫދީން ފުރުސަތު ހުޅުވާލައިފި

sdfc

އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯ އިސްލާމީ ބޭންކިން އުސޫލުތަކަށް ބަދަލުކުރަނީ

TTH_advertisement