ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

މަޤުބޫލު ގެސްޓްރޯ ކޮންސަލްޓަންޓް ޑރ. ޑިއޭގޯ އަށް މިހާރު ޓެލެމެޑިސިން މެދުވެރިކޮށް ދެއްކޭނެ

ޓްރީ ޓޮޕް ހޮސްޕިޓަލުން އިތުރު ފަސޭހަތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ މަޤުބޫލު ގެސްޓްރޯ ކޮންސަލްޓަންޓް ޑރ. ޑިއޭގޯ އަށް މިހާރު ޓެލެމެޑިސިން މެދުވެރިކޮށް ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
އާޖެންޓީނާގެ ޑރ. ޑިއޭގޯ އަކީ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު، އިތުބާރު ބޮޑު ތަޖުރިބާކާރު ކޮންސަލްޓަންޓެކެވެ. އޭނާ ފޯރުކޮށްދޭ ޚާއްޞަ ފަރުވާތަކުގެ ތެރޭގައި، ބަނޑާއި ގޮހޮރުގެ މައްސަލަތަކާއި، ގޭސްވުމާއި، ހަޖަމުކުރުމުގެ ނިޒާމާ ގުޅުންހުރި އެންމެހައި ފަރުވާތައް ހިމެނެއެވެ.

މީގެ ސަބަބުން ޚިދުމަތާއެކު، މާލެއަށް ޑަކްޓަރަށް ދެއްކުމަށް ކުރަންޖެހޭ ދަތުރުތަކާއި، އެކަމަށް ހޭދަވާ ވަގުތާއި ޚަރަދު ސަލާމަތްކުރެވިގެންދާނެއެވެ. ޚާއްޞަކޮށް ރިސޯޓުތަކުގައި އަދި ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް މި ޚިދުމަތުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ޓެލެމެޑިސިންގެ ޚިދުމަތް ފޯރުކޮށްދެވޭނީ ވީޑިއޯ ކޯލްގެ ޒަރީއާއިންނެވެ. ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ޓެލެމެޑިސިން ފަރުވާއަށް ދިވެހިން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުމަކީ މުހިންމު ކަމެއް ކަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކުރިއަރުވައި، ރައްޔިތުންނަށް ވީހާވެސް ފަސޭހަ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށެވެ.
ޑރ. ޑިއޭގޯ އަށް އެޕޮއިންޓްމަންޓް ހެއްދުމަށް 3351610 ގުޅުއުވުން އެދެމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 3351610 އަށް ނުވަތަ [email protected] އަށް އީމެއިލް ކުރައްވުން އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރީ ޓޮޕް ގައި IMERC 2025 ގެ ޕްރީ-ކޮންފަރެންސް ވޯކްޝޮޕްތައް ބާއްވައިފި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ ރިސޯޓުގައި ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

މ. މުލީގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްސަ ހެލްތް ކޭމްޕް ބާއްވަނީ

ހިތުގެ ދުޅަހެޔޮކަމާއި ހިތުގެ ބަލިތަކަށް ކެމްޕެއިނެއް ޓްރީ ޓޮޕުން ފަށަނީ

TTH_advertisement