ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ރާއްޖޭގެ އިކޯސިސްޓަމް، ބަޔޯޑައިވާސިޓީ އަދި މަސްވެރިކަމާ ބެހޭ ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފި

Whatsapp image 2025 04 09 at 20.50.17
ރާއްޖޭގެ އިކޯސިސްޓަމް، ބަޔޯޑައިވާސިޓީ އަދި މަސްވެރިކަމާ ބެހޭ ހާއްސަ ވެބްސައިޓު ލޯންޗުކުރުމުގެ ރަސްމިއްޔާތު ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ޝަރަފުވެރިކޮށްދެއްވަނީ —

ރާއްޖޭގެ އިކޯސިސްޓަމް، ބަޔޯޑައިވާސިޓީ އަދި މަސްވެރިކަމާ ބެހޭގޮތުން ހަދާފައިވާ ހާއްސަ ވެބްސައިޓެއް މިއަދު ފުވައްމުލަކުގައި ލޯންޗްކޮށްފި އެވެ.

މި ވެބްސައިޓަކީ ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މަސްމަހާއި މެއްސާއި، ފަރުތަކާއި، ތިލަތަކާއި ކަނޑޫފާތަކާއި އަދި ތަފާތު ގުދުރަތީ ދިރުންތަކާ ބެހޭ މައުލޫމާތު ވަރަށް ތަފާތު ގޮތަކަށް ގެނެސްދީފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓުގައިވާ މަސްމަހާއި މެހި ނުވަތަ “ސްޕީޝީސް” ތައް ވަނީ ތަފާތު ގޮތްގޮތަށް ވަރަށް ފުރިހަމައަށް ސިފަކޮށްދީފައިވެ އެވެ. މިގޮތުން ރާއްޖޭގެ ތާރީޚާއި ސަގާފަތާއި ފްލޯކް ވާހަކަތަކާއި މިފަދަ ސްޕީޝީސްތަކާއި ގުޅުމެއް ވާނަމަ އެކަންތައްތައް ވެސް ބަޔާންކުރުމުގެ އިތުރުން، އިލްމީ ގޮތުންނާއި ސައިންޓިފިކް ގޮތުން މި ސްޕީޝީސްތައް ނުވަތަ ދިރުންތަކާއި ބެހޭ މައުލޫމާތެއް ވާނަމަ އެކަން ވެސް ބަޔާންކޮށްފައިވެއެވެ.

މި ވެބްސައިޓްގެ ފައުންޑަރ ޏ. ފުވައްމުލަކަށް އުފަން ޔާސިރު ސާލިހު ވިދާޅުވީ މި ވެބްސައިޓަކީ ރާއްޖޭގެ މުޅި ބަޔޯޑައިވާސިޓީގައި ވާ ހުރިހައި ދިރުންތަކާއި ސްޕީޝީސްތަކާއި ބެހޭ ފުރިހަމަ ޑޭޓާބޭސްއެއް ގާއިމްކުރުމަށްޓަކައި ފަށާފައިވާ މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން މިވެބްސައިޓުގައި ދިވެހިރާއްޖޭގައި ކުރީޒަމާނުގައި ކޮށްފައިވާ ތަފާތު ވައްތަރުގެ މަސްވެރިކަމާއި ބެހޭ މައުލޫމާތާއި މިޒަމާނުގައި ކުރާ މަސްވެރިކަމުގެ މައުލޫމާތު ވެސް ވަރަށް ޝައުގުކުރުވަނި ގޮތަކަށް ވަނީ ގެނެސްދީފައެވެ.

މިވެސްބައިޓް ލޯންޗްކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ލެކްޗާ ރޫމްގައެވެ. މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ސްކޫލްތަކުގެ ވެރިންގެ އިތުރުން ޓީޗަރުންނާއި ބެލެނިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި މި ވެބްސައިޓްގެ ފައުންޑަރ ޔާސިރު ސާލިހު އިނގިރޭސި ބަހުން ލިޔެފައިވާ ރާއްޖޭގެ ފޯލްކްލޯ 10 ވާހަކަ ހިމެނޭ ފޮތެއް ވެސް ވަނީ ނެރެފައިއެވެ. މި ފޮތުގައި ވެސް ފުވައްމުލަކުގެ ތާރީޚާއި ސަގާފަތާއި ގުޅޭ ވާހަކަތައް ހިމެނެއެވެ. މި ފޮތް އިފްތިތާޙް ކޮށްދެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހުއެވެ. މި ފޮތް ޕްރިންޓްކޮށް ޕަބްލިޝްކޮށްފައި ވަނީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސްއިންނެވެ.

މި ރަސްމިއްޔާތުގައި ފުވައްމުލަކުގައި އިޖްތިމާއީ މައިދާނުގައި ހަރަކާތްތެރިވާ އަންހެން ލީޑަރުންނާއި އަދި ފިރިހެން ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ފުވައްމުލަކާއި މުޅި ދިވެހިރާއްޖޭގައި މަޝްހޫރު “ރިޕަކްބްލިކަންސް މޯލްޑިވްސް” ގެ ފައުންޑަރ އަހުމަދު ނަޖާހް އިބްރާހިމްވެސް ބައިވެރިވެ ވަޑައިގަތެވެ. އަހުމަދު ނަޖާހް އަކީ ވެސް މި ވެބްސައިޓަށް މައުލޫމާތު ހޯދުމުގައި ޔާސިރު ސާލިހުއަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވަމުންގެންދަވާ އިޖްތިމާއީ ބޭފުޅެކެވެ.

ޔާސިރު ސާލިހު އަކީ ހަވީރު ނޫހުގެ ދުވަސްވަރު ބޭރުގެ ޚަބަރުތަކާއި ރިޕޯޓްތައް ލިޔުމުގެ އިތުރުން ސައިންސާއި ޓެކްނޮލޮޖީއާއި ގުޅޭ ޚަބަރުތަކާއި ރިޕޯޓްތައް އެތައް އަހަރެއް ވަންދެން ލިޔުއްވާފައިވާ ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މީގެ އިތުރުން ޔާސިރު ސާލިހު ވަނީ ކެންސަރާއި ބެހޭ ފޮތެއް ވެސް މީގެ ކުރިން ލިޔުއްވައިފައެވެ. ޔާސިރު ސާލިހު އަކީ ފުވައްމުލަކާއި ދިވެހިރާއްޖޭގައި ވެސް ގަދަރުލިބިގެންވާ ބޭސްވެރި އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ދިވެހި ބޭސްވެރިއެއް ކަމަށްވާ އަހުމަދު ސާލިހު ހުސައިންގެ ބޭފުޅެކެވެ.

މި ވެބްސައިޓްގެ ލިންކަކީ: www.maldivesmyislands.com އެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

TTH Advertisement MTCC Advertisement