ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

9q

ރ. އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ނިންމާ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަލުން ފެށުމަށް ބޭނުންވާ ބޮޑު ހިލަ މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މިހާރު މުޅި މަޝްރޫޢުގެ %64 މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ހާމަކުރިއެވެ.

އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލުކުރީ 2021ވަނަ އަހަރު ނަމަވެސް އަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރު ޖެނުއަރީ މަސްތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށް 1150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ހުރަސް ތޮށިލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރ.އުނގޫފާރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މުޅިން އަލަށް އެރަށުގައި ފަށާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 110 މީޓަތުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. އަދި ގިރާފައިވާ ސަރަޙައްދަށް ވެލި އަޅާ، އެ ސަރަޙައްދު އަލުން އިއާދަކުރުން ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11.1 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ

Oo

ކާރުތައް ރާއްޖެ ގެންނަން ފަށައިފި، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަހު ފަށަނީ