ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގައި މެކްސިލޯފޭޝަލް ސާޖަންއެއް ފަރުވާ ދެނީ

Large 174418685347ybe7
މެކްސިލޯފޭޝަލް ސާޖަން ޑރ. ސަލްމާން ބާޝާ —

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަންނަ ހަފުތާގައި މެކްސިލޯފޭޝަލް ސާޖަރީގެ ތަޖުރިބާކާރު ޑޮކްޓަރަކު ފަރުވާ ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޓްރީ ޓޮޕްއިން ބުނީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން، މެކްސިލޯފޭޝަލް ސާޖަރީގެ ދާއިރާއިން 16 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޑރ. ސަލްމާން ބާޝާ އަންނަ އާދިއްތަ ދުވަހުން ފެށިގެން ފަރުވާން ދޭން ފަށާނެ ކަމަށެވެ.

އޭނާއަކީ ވިޒިޓިން ޑޮކްޓަރެއް ކަމުން، އޭނާ ބައްލަވާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.

އެއީ ދިވެހި ރައްޔިތުންނަށް، ބޭރަށް ދަތުރުކުރުމަކާ ނުލައި، މޫނާއި، ދަތްދޮޅިއާއި އަނގައިގެ ބޮޑެތި ސާޖަރީތަކަށް ބައިނަލްއަގުވާމީ ފެންވަރުގެ ފަރުވާ ލިބިގަތުމުގެ ފުރުސައް ކަމުގައި ހޮސްޕިޓަލުން ފާހަގަކުރެއެވެ. އަދި ޑރ. ބާޝާގެ ހާއްސަ ފަރުވާތަކުގެ ތެރޭގައި ތަފާތު މެކްސިލޯފޭޝިއަލް ހާލަތްތައް ދެނެގަނެ، އެންމެ އެކަށީގެންވާ ފަރުވާ އަދި އޮޕަރޭޝަން ނުވަތަ ޕްރޮސީޖަރު ކުރުން ހިމެނޭކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ހަމައެއާއެކު ޓްރީ ޓޮޕުން ބުނީ ހާއްސަކޮށް ދަތްދޮޅި އެއްވަރު ކުރުމުގެ ސާޖަރީތަކާއި، އޯތޮގްނާތިކް ނުވަތަ ދަތްދޮޅީގެ މައްސަލަތަކަށް އެންމެ އެކަށީގެންވާ ސާޖިކަލް ފަރުވާ ފޯރުކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން މޫނުގެ ޓްރޯމާ އަދި ރީކޮންސްޓްރަކްޝަންގެ ފަރުވާ، އެއީ މޫނުގެ ކަށިތަކުގެ ޒަހަމްތަކާއި އެކްސިޑެންޓްތަކުގެ ސަބަބުން ކުރިމަތިވާ އަނިޔާ އަދި ގެއްލުންތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕްގެ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު 3351630 ނަންބަރަށް ގުޅުމުންނާއި [email protected] އަށް މެއިލްކުރުމުން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރީ ޓޮޕް ގައި IMERC 2025 ގެ ޕްރީ-ކޮންފަރެންސް ވޯކްޝޮޕްތައް ބާއްވައިފި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ ރިސޯޓުގައި ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

މ. މުލީގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްސަ ހެލްތް ކޭމްޕް ބާއްވަނީ

ހިތުގެ ދުޅަހެޔޮކަމާއި ހިތުގެ ބަލިތަކަށް ކެމްޕެއިނެއް ޓްރީ ޓޮޕުން ފަށަނީ

TTH_advertisement