ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ގެއެއްގެ ވެރިފަރާތަށް އަނިޔާކޮށް ބިރު ދެއްކި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ދޫކޮށްލައިފި

B bfpdvrlroci4o5ahibpfsjg4l
ގެއެއްގެ ވެރިފަރާތަށް އަނިޔާކޮށް ބިރު ދެއްކި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން — ފޮޓޯ: ޕޮލިސް

މާލޭ ގެއެއްގެ ވެރިފަރާތަށް އަނިޔާކޮށް ބިރު ދެއްކި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ދޫކޮށްލައިފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު (21އ)، ނ. މަނަދޫ، ހަވޭލީ، މުހައްމަދު އަޒާން (23އ)، ނ. ވެލިދޫ، އެލަސް، އިބްރާހިމް އަހުނަފް (21އ) އަދި އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހު (23އ) އެވެ.

ފުލުހުން މިދިޔަ މަހުގެ ނުވަވަނަ ދުވަހު ބުނެފައިވަނީ މާލޭގެ، ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު އިންޒާރުދީފައިވާ މައްސަލައެއް މިދިޔަ މަހުގެ އަށްވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ގެއަށް ހަތަރު މީހަކު ވަދެ އެ ގެއަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ހަތަރު މީހުން ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ހަތަރު މީހުންގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދަށް އޭރު ވަނީ 15 ދުވަސް ޖަހައިފައެވެ. އަދި އޭގެ ފަހުން ވެސް އެ މީހުންގެ ބަންދަށް 15 ދުވަސް އިތުރުކުރިއެވެ.

އިތުރުކުރި 15 ދުވަހުގެ މުއްދަތު ހަމަވާތީ ފުލުހުން ވަނީ އަނެއްކާވެސް އެ ހަތަރު މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ނަމަވެސް މިފަހަރު ކޯޓުން އަމުރުކުރީ އެ ހަތަރު މީހުން ވެސް ބަންދުން ދޫކޮށްލުމަށެވެ.

ދެވަނަ ފަހަރަށް ޖެހި 15 ދުވަހުގެ މުއްދަތު ހަމަވާތީ ފުލުހުން ވަނީ އަނެއްކާވެސް އެ ހަތަރު މީހުން އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ނަމަވެސް މިފަހަރު ކުރިމިނަލް ކޯޓުން އަމުރުކުރީ އެ ހުރިހާ މީހުން ބަންދުން ދޫކޮށްލުމަށެވެ. ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ އެ މީހުންނާ ދެކޮޅަށް ކުރެވޭ ތުހުމަތަށް އެކަށީގެންވާ ހެކި ފުލުހުން ފަރާތުން ހުށަހަޅާފައިނުވާތީ ކަމަށެވެ.

އެމީހުން ބަންދުން ދޫކޮށްލާ ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ އެމީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ފުލުހުން ހުށަހަޅާފައިނުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

criminal court

މާލޭގައި ކެނަބިސް ހައްދައި ޑްރަގް ޓްރެފިކްކުރި މީހަކު 100 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

މަންޑޭގެ ހުކުމް ހޮނިހިރު ދުވަހު

TTH_advertisement