ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑި ހެނދުނު 8:00 މެންދުރުފަހު 2:00 ބަދަލުކޮށްފި

މޯލްޑިވްސް އިމިގްރޭޝަންއިން އިޢުލާނުކުރެއްވި ގޮތުގައި، އެ އިދާރާގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސަރވިސްގެ ރަސްމީ މަސައްކަތު ގަޑިއާ އެއްގ އެއްގޮތަށް ބަދަލުކުރެވިފައިވެއެވެ. މި ބަދަލާ އެކު، މިއަދުން ފެށިގެން އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ.

ކުރިން އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމުގައި ވީނަމަވެސް، މި އައު ބަދަލާއެކު ރަސްމީ މަސައްކަތު ވަގުތު 8 ގަޑިއިރުން 6 ގަޑިއިރަށް ކުރުވެގެންދާނެއެވެ.

އިމިގްރޭޝަނުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ރަސްމީ މަސައްކަތު ގަޑިއަށް މި ބަދަލު ގެނެވުނު ނަމަވެސް، މިހާރު ޚިދުމަތް ފޯރުކޮށްދެމުންދާ ގަޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އެހެންކަމުން، ޕާސްޕޯޓު ހެއްދުމަށް ހުށަހެޅުމާއި ދޫކުރުން އަދި އެހެނިހެން އިމިގްރޭޝަންގެ ޚިދުމަތްތައް ކުރިއެކޭ އެއްފަދައިން ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުދޫ އަދި މީދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ޤާއިމު ކުރައްވާ ރިޔާސީ ވައުދުފުޅު ފުއްދަވައިފި

immigration

ތުލުސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ވިލިނގިލީގައި ޕާސްޕޯޓްގެ ޚިދުމަތް ފަށައިފި

TTH_advertisement