ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

އަމާޒަކީ ޞިއްޙީ ރެކޯޑްތައް ޑިޖިޓަލް ނިޒާމަށް ބަދަލުކުރުން: ނާޒިމް

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެފައިވަނީ، މައިންނާއި ތުއްތު ކުދިންގެ ޞިއްޙީ ރެކޯޑްތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މި ވާހަކަ ވަޒީރު ވިދާޅުވެފައިވަނީ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޢާރަކީ “ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗަރ” އެވެ. މި ޝިޢާރުގެ މަޤްޞަދަކީ ކުދިން ދުޅަހެޔޮ ޞިއްޙަތެއްގައި އުފަންވެ، ހެދިބޮޑުވުމުގެ މުހިންމުކަން ފާހަގަކުރުމެވެ. ވަޒީރު ވަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މައިންނާއި ތުއްތު ކުދިންގެ ޞިއްޙަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރަށްވުރެ ރަނގަޅު ޙާލަތަކަށް ދިއުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ އޭ.އެން.ސީ ކަވަރޭޖް ނުވަތަ މާބަނޑުވުމުން އެކަށީގެންވާ ފަރުވާ ހޯދާ ނިސްބަތް 98% އަށްވުރެ މަތީގައި ހިފެހެއްޓިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދަރިމައިވުމަށްޓަކައި އަންހެނުންގެ އިތުރުން ފިރިހެނުންވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކާއި ޞިއްޙީ މަޢުލޫމާތު “މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް” މެދުވެރިކޮށް ޢާންމުންނަށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމަކީ ރައްކާތެރި މައިންވަންތަކަމަށާއި ތުއްތު ދަރިފުޅުގެ ދުޅަހެޔޮ ޞިއްޙަތަށް ވާޞިލުވުމަށް މައިންބަައިންބަފައިން ބާރުވެރިކުރުވާނެ މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެފައިވަނީ، މައިންނާއި ޅަދަރިންގެ ޞިއްޙަތާ ގުޅޭ ގިނަ ކާމިޔާބީތަކެއް ދިވެހިރައްޔިތުން މިހާރުވެސް ޙާޞިލްކޮށްފައިވާ ކަމަށާއި، މި ކާމިޞިއްޙީ ވަޒީރުޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެފައިވަނީ، މައިންނާއި ޅަދަރިންގެ ޞިއްޙަތާ ގުޅޭ ގިނަ ކާމިޔާބީތަކެއް ދިވެހިރައްޔިތުން މިހާރުވެސް ޙާޞިލްކޮށްފައިވާ ކަމަށާއި، މި ކާމިޔާބީތައް ހަރުދަނާކަމާއެކު ދަމަހައްޓައި ބިނާކުރަނިވި ގޮތެއްގައި ތަރައްޤީކުރަމުން ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ދަރިފުޅު މައިމީހާގެ ރަޙިމުގައި ގަރުބަގަތީއްސުރެ ޢުމުރުން 2 އަހަރުވުމާ ހަމައަށް ހިނގާ ދުވަސްކޮޅު ނުވަތަ ކުއްޖާގެ ހަޔާތުގެ ފުރަތަމަ 1000 ދުވަހަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުއްޖާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ، ސިކުނޑިއާއި ހިއްސުތައް ތަރައްޤީވެ ފުރިހަމަވަމުންދާ ދުވަސްވަރެއްކަން ފާހަގަކުރެއްވިއެވެ. އަދި 2 އަހަރު ފުރެންދެން ތުއްތު ކުދިންނަށް މިންހެޔޮ ކާނާ ދިނުމުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާއާއި ޚިދުމަތްތަކުގެ ރެކޯޑްތައް ހަރުދަނާކަމާއެކު ބަލަހައްޓައި، އެ މަޢުލޫމާތު ފަސޭހަކަމާއެކު ދުވަހުން ދުވަހަށް އަދާހަމަކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުން ފަށްޓަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ދެމަފިރިންވެސް ޞިއްޙީ ރަނގަޅު އާދަތަކުގައި ދެމިތިބެ ދުޅަހެޔޮކަންމަތީ ތިބުމަށް މަސައްކަތްކުރުމަކީ ދަރިފުޅުގެ ރައްކާތެރިކަމަށާއި ދުޅަހެޔޮކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ޚުލާޞާކޮށް ބަލާއިރު، ޞިއްޙީ ވަޒީރުގެ މި ޚިޠާބުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ މައިންނާއި ތުއްތު ކުދިންގެ ޞިއްޙަތު ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ޞިއްޙީ ރެކޯޑްތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތްތަކުގެ މައްޗަށެވެ. އަދި މިކަމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މުޅި ރާއްޖޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ފަށަނީ

6 ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތްތަކުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފި

ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރަން ނޭޕާލާ އެކު މަޝްވަރާކޮށްފި

ސިއްޙީ ދާއިރާ އިން 4.3 ބިލިއަން ރުފިޔާގެ މަޝްރޫޢު ފެށިގެން ކުރިއަށްއެބަދޭ: ރައީސް

TTH_advertisement