ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ރާއްޖޭގެ ލޮނު އުފައްދާ ފުރަތަމަ ފެކްޓްރީ ދިއްދޫގައި ހުޅުވައިފި

ދިވެހިރާއްޖޭގައި ކެއިންބުއިމަށް ބޭނުންކުރާ ލޮނު އުފައްދާ ފުރަތަމަ ފެކްޓްރީ ހއ. ދިއްދޫގައި ޤާއިމްކޮށް، އޭގެ މަސައްކަތް ފެށިއްޖެއެވެ. މި މަޝްރޫޢަކީ ދިވެހި އަމިއްލަ ކުންފުންޏަކާއި ާއި ޖަޕާނުގެ ކުންފުންޏެއް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އެމް.ޑީޕް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކުން މި ފެކްޓްރީ ތަރައްޤީކޮށްފައިވަނީ ދިއްދޫ ކައުންސިލުން 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ 15,000 އަކަފޫޓުގެ ބިމެއްގައެވެ. މި މަޝްރޫޢުގެ ޢަމޢަމަލީ މަސައްކަތް ފެށުނީ ވޭތުވެދިޔަ އަހަރުގައެވެ. އެއީ ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގެ ފެންވަރު ޖަޕާނުގައި ދިރާސާކުރުމަށްފަހުގައެވެ.

ކުންފުނިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ދިރާސާތަކުން ދައްކާފައިވަނީ އނީ އެހެން ޤައުމުތަކުގެ ކަނޑުގެ ލޮނާ އަޅާބަލާއިރު، ދިވެހިރާއްޖޭގެ ކަނޑުގެ ލޮނަކީ ފެންވަރު ރަނގަޅު އަދި ޞިއްޙަތަށް ފައިދާހުރި މާއްދާތައް މަތީ މިންވަރެއްގައި އެކުލެވޭ ލޮނެއްކަމެވެ.ވެ.

މި ފެކްޓްރީގައި ލޮނު އުފައްދަނީ އިރުގެ އަލިކަމާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ޤުދުރަތީ ގޮތުން ހިއްކައިގެންނެވެ. ފެކްޓްރީން އުފައްދާ ތިން ބާވަތުގެ ލޮނުގެ ތެރޭގައި އާންމު ކެއިންބުއިމަށް ބޭނުންކުރާ ލޮނާއި، ޚާއްޞަ ބާވަތްތަކުގެ ލޮނު ހިމެނެއެވެ. އަދި ލޮނުމަސް ތައްޔާރުކުރުމަށް ޚާއްޞަ ލޮނެއްވެސް ތަޖުރިބާކުރުމަށް ވަނީ ރޭވިފައެވެ.

ލޮނުގެ އުގެ އުފެއްދުންތައް ރާއްޖޭގެ ރިސޯޓުތަކަށާއި މީހުން ދިރިއުޅޭ ރަށްތަކަށް ވިއްކުމަށް ވަނީ ރޭވިފައެވެ. ލޮނުގެ ކޮންމެ ބެޗެއް ތައްޔާރުކުރުމަށް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ނަގާނެއެވެ. މި ލޮނު އުފައްދަނީ މޫދުން ނަގާ ލޮނުފެން ފިލްޓަރުކޮށް ސާފުކުރުމަށްފަހުގައެވެ. އަދި ކޮންމެ މަހަކު އުފައްދާ ލޮނުގެ ބެޗ ބެޗުތައް ރާއްޖެއާއި ޖަޕާނުގައި ޓެސްޓުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކުންފުނިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ފެކްޓްރީ ކާމިޔާބުވެއްޖެނަމަ، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި އިތުރު ހަތަރު ފެކްޓްރީ ޤާއިމުކުރުމަކީ އެ ކުންފުނީގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އެޕާޓު
މީގެ އަހަރުތަކެއްކުރިން، ލ. މާވަށުގައިވެސް ބަޔަކު ލޮނު އުފައްދާ ކާރުހާނާއެއް ހަދައިގެން އެމަަސައްކަތްކުރި. އެހެންވީމައި "ފުރަތަމަ" ނުވެދާނެ. އެކަމަކު ރަސްމީކޮށް ރަޖިސްޓަރީކުރި ފުރަތަމަ ތަންކަމަށްވެދާނެެ.

ގުޅުންހުރި

ދިއްދޫ އިސްލާމީ މަރުކަޒު މިމަހުގެ 28 ވަނަ ދުވަހު ހުޅުވަނީ

ދިއްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ދިއްދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅައިފި

ދިއްދޫއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި

TTH_advertisement