ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމާޒަކީ ކުޅިވަރުގެ ޒަރިއްޔާއިން މުޖްތަމައުގައި ހަމަޖެހުން ގާއިމްކުރުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ކުޅިވަރުގެ ޛަރީޢާއިން މުޖުތަމަޢުގައި ހަމަޖެހުން ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒު ކަމުގައެވެ. މި ބަސްފުޅު ރައީސް ދެއްވާފައިވަނީ ބައިނަލްއަޤްވާމީ ކުޅިވަރާއި ތަރައްޤީ އަދި ސުލްޙައަށް ކަނޑައެޅިފައިވާ ދުވަހާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ކުޅިވަރުގެ ދާއިރާއިން ހުރިހާ ޖިންސަކަށްވެސް ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، އެ ދާއިރާއިން ރައްޔިތުން ބާރުވެރިކުރުވުމަށެވެ. މިގޮތުން، 20 އަހަރުގެ ޤައުމީ ކުޅިވަރު ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަމުންދާ ކަމަށާއި، މި ޕްލޭންގެ ދަށުން ކުޅިވަރުގެ ދާއިރާއިން ގިނަ ފުރުޞަތުތަކެއް ހުރިހާ ފަރާތްތަކަށް ފަހިކޮށްދެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ޛަރީޢާއިން މުޖުތަމަޢުގައި ހަމަޖެހުމާއި ފާގަތިކަން އިތުރުކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގައި ކުޅިވަރުގެ އެކި ދާއިރާތައް ކުރިއެރުވުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި، މިއީ ޕްރިވެންޓިވް ހެލްތު ކެއަރގެ ދަށުން ހާސިލުކުރުމަށް ނިންމާފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ. މިގޮތުން، އެކި ރަށްރަށުގައި ފުޓުބޯޅަ/ފުޓްސަލް ދަނޑުތަކާއި، އައުޓްޑޯ ޖިމްތަކާއި، ޒުވާނުންގެ މަރުކަޒުތައް ތަރައްޤީކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް