ކުއްލި ޚަބަރު

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ހުށަހެޅުއްވީ މޫސާ އަލީ ޖަލީލް އެކަނި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލް އިން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަހަރުގެ މިހާހިސާބަށް ރާއްޖެއަށް ހަލައްކަ ފަތުރުވެރިން ޒިޔާރަތްކޮފި

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް 647,677 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ އިތުރުން، މިވަގުތު 44 ބައިނަލްއަޤްވާމީ އެއަރލައިނަކުން ދިވެހިރާއްޖެއަށް ދަތުރުކުރަމުންދާކަމަށްވެސް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، މި 44 އެއަރލައިނުގެ ތެރޭގައި ޔޫރަޕް، މެދުއިރުމަތި އަދި އޭޝިއާ ސަރަޙައްދުގެ އެއަރލައިންތައް ހިމެނެއެވެ. އަދި އިތުރު އެއަރލައިންތަކުންވެސް ދިވެހިރާއްޖެއަށް ދަތުރުކުރުމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 647,677 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.2 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން:
• 69.4 އިންސައްތަ (449,382) ރިސޯޓުތަކުގައި
• 25.2 އިންސައްތަ (162,928) ގެސްޓްހައުސްތަކުގައި
• 2.9 އިންސައްތަ (18,879) ހޮޓާތަކުގައި
• 2.5 އިންސައްތަ (16,041) ސަފާރީ އުޅަނދުތަކުގައި
މަޑުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިވަގުތު ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ 1,201 ތަނެއް ހުޅުވިފައިވާއިރު، މި ތަންތަނުގެ ޖުމްލަ އެނދުގެ ޢަދަދު 65,561 އަށް އަރާކަމަށް މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުން ހާމަކޮށްފައިވެއެވެ. މީގެ ތެރެއިން 97.3 އިންސައްތަ އެނދު މިހާރުވެސް ބޭނުންކުރެވެމުންދެއެވެ.

އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 75,135 (11.6 އިންސައްތަ) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން 68,375 (10.6 އިންސައްތަ) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރައިސްގެ ނިންމެވުވާއި އެއްގޮތަށް ވައިޓްބޮޑީ އެއަރކުރަފްޓް މޯލްޑިވިއަން އިން އުދުހެން ފެށުމާއި އެކު ފަތުރުވެރިކަމަށް އިތުރު ކުރިއރުން ދަނީ އަންނަމުންނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

maldivian hajj

ޢުމްރާގެ އަޅުކަމަށްދާ މީހުންނަށް ޚާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފި

maldivian

މޯލްޑިވިއަނުން މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފި

Ii

ސާވިސް ޗާޖް ޑޮލަރުން ދިނުަމަށް ލާޒިމްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

Maldivian

މޯލްޑިވިއަނުން އިސްނަގައިގެން، ލަންކާއަށް 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވައިދެނީ

TTH_advertisement